Advertisement
ކ. މާލެ
|
13 ޖުލައި 2025 | އާދީއްތަ 22:01
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކސްިޑެންޓް
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކސްިޑެންޓް
ރާއްޖެއެމްވީ
އެކްސިޑެންޓް
މާލޭގައި ބޮޑު އެކްސިޑެންޓެއް، 17 އަހަރުގެ ކުއްޖަކު މަރުވެ، ދެ މީހުންގެ ހާލު ސީރިއަސް
17 އަހަރުގެ ކުއްޖަކު މަރުވެ، ދެ މީހުންގެ ހާލު ސީރިއަސް

ކަފިހި ހުރަސް މަތިން ދިޔަ މީހަކު ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

މިރޭ ގާތްގަނޑަކަށް 8:15 ހާއިރު ހިނގި އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ. އެއީ މަގު ހުރަސް ކުރި މީހާގެ އިތުރުން ސައިކަލުގައި އިން ދެ މީހުން ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން މަރުވީ ކުޑަކުއްޖާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖަކަށާއި 40 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އަނިޔާވި 16 އަހަރުގެ ކުއްޖާއާއި ނިޔާވި 17 އަހަރުގެ ކުއްޖާ އަކީ ސައިކަލުގައި ތިބި ދެކުދިން ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ 17 އަހަރުގެ ދަރިފުޅު އަލްސަން އެވެ.

- ކޮމެންޓް