Advertisement
ކ. މާލެ
|
13 ޖުލައި 2025 | އާދީއްތަ 22:05
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ. މުނައްވަރު ވާހަކަދައްކަވަނީ
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ. މުނައްވަރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޔުމްނު މައްސަލަ ތަހުގީގުކުރި ކޮމިޝަން
ޔުމްނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އުވާލައިފި
ކޮމިޝަނުގެ ތަހުގީގު ރިޕޯޓު އާއްމުކޮށްފައިވަނީ 17 ޖޫން 2025 ގައި
ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް އަންގަވާފައިވޭ
ޔުމްނުގެ އާއިލާއިން މި ކޮމިޝަނަށް އިތުބާރެއް ނުކުރޭ

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު އުމުރުން 21 އަހަރު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން އުވާލައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބުނީ، 18 އޭޕްރީލު 2025 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ ''ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަން'' ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އުވައިލައްވާފައިވާ ކަމަށާއި، އެމަނިކުފާނު އެ ކޮމިޝަން އުވައިލައްވައިފައިވަނީ، (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ގަރާރަކުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ.

ކޮމިޝަނާ މަތިކުރެއްވީ، 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށެވެ.

ކޮމިޝަނުގެ ތަހުގީގު ރިޕޯޓު އާއްމުކޮށްފައިވަނީ 17 ޖޫން 2025 ގައެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ސިއްހީ ވުޒާރާއަށް، ރައީސް އަންގަވާފައިވާ ކަަމަށް ރައީސް އޮފީހުން ބުނެއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފުލުހުން ގިނަ ގޯސްތަކެއް ހަދައި، އިހުމާލުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިމައްސަލައާ ގުޅިގެން ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ކުރީގެ ސީޕީ ސުޖާއު އަށް ގުޅުން ބަލައިނުގަނެވޭ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން އެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވިފައިވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަރސެކެރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދަށް، ހޯމް މިނިސްޓަރ އަލީ އިހްސާން ތަކުރާރުކޮށް ފޯރުކޮށްދީފައިވާކަން ވަނީ ހާމަވެފައެވެ. ނަމަވެސް މިނިސްޓަރު އިހުސާނަށް ފިޔަވަޅެއް އެޅުމަށް މި ރިޕޯޓުގައި އަންގާފައިނުވެއެވެ.

މި މައްސަލާގައި ޚާއްސަ ކޮމިޝަނެއް އުފައްދައި، ރިޕޯޓެއް އެކުލަވާލި ނަމަވެސް މިމައްސަލައާ ގުޅިގެން މީގެ ކުރިން ޔުމްނުގެ އާއިލާއިން ބުނެފައިވަނީ އިންސާފު ލިބޭނެ ކަމާމެދު އުންމީދުނުކުރާ ކަމަށާއި، ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށެވެ.

- ކޮމެންޓް