Advertisement
ކ. މާލެ
|
13 ޖުލައި 2025 | އާދީއްތަ 11:45
ލ. ގަމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ލ. ގަމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ޕޮލިސް
މަސްތުވާތަކެތި
ލ. ގަމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
މިތަކެތީގެ ބަރުދަނަކީ 321.40 ގްރާމް

ލ. ގަމަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / އުޑުވިލާގެ، ޙުސައިން ޝަރީފް (35އ) އެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ތ. އަތޮޅުން ލ. ގަމަށް އަންނަ ފެރީއަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖޫން މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ލ. ގަން މުކުރިމަގު ބަނދަރުމަތިންނެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސް، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އެއް ކޮތަޅު ފެނިފައިވެއެވެ. މިތަކެތީގެ ބަރުދަނަކީ 321.40 ގްރާމެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް