މިހާރު ކުރިއަށްދާ ކެރަމް ޤައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނައުފަލް ޝަރީފް ހޯދިއިރު، އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ޒިއުނާ ބިންތި ނަޝީދު ހޯދައިފި އެވެ.
ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ނައުފަލް ވަނީ އަޙުމަދު މުޝްރިފްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ ޙަސަން ލަތީފް އެވެ.
އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ޒިއުނާ ވަނީ އާމިނަތު އިބާނަތުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި ކާމިޔާބަކީ ޒިއުނާ އަށް ޤައުމީ ރެކޯޑެކެވެ. އެގޮތުން ޒިއުނާ އަކީ، ސީނިއާ ޤައުމީ މުބާރާތެއްގައި ރަން މެޑަލް ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އާމިނަތު ޖުނާނާ ސައުދުﷲ އެވެ.
މީގެ އިތުރުން ފިރިހެން ޓީމު އިވެންޓުގެ ފައިނަލްގައި ކުޑަ ހެންވެއިރު ޔުނައިޓެޑުން ވަނީ، ތުޅާދޫ ޔަންގް އީގަލްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ އައިލެންޑާސް ހޯޕް އެވެ.
އަންހެން ޓީމު އިވެންޓުގެ ފައިނަލްގައި ކުޑަ ހެންވެއިރުން ވަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ ސްޕޯޓްސް ކުލަބު ފަހުލަވާން އެވެ.
މިއަހަރުގެ ޤައުމީ މުބާރާތުގައި ދެން އޮންނާނީ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް އަދި އަންހެން ސިންގަލްސްގެ ފައިނަލް މެޗުތަކެވެ.