ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 08:52
19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި މީކާއީލް އަދި އަންހެން ޗެމްޕިއަންކަން ހޯދި މަންޝާ
19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި މީކާއީލް އަދި އަންހެން ޗެމްޕިއަންކަން ހޯދި މަންޝާ
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކެރަމް ޖޫނިއަރ މުބާރާތް: 19 އަހަރުން ދަށުގެ ޗެމްޕިއަންކަން މީކާއީލް އަދި މަންޝާ އަށް
މިއީ ކެރަމް އެސޯސިއޭޝަން އިން އިންތިޒާމު ކޮށްގެން ޖޫނިއަރ އުމުރުފުރާ އަށް ޚާއްސަކޮށްގެން ޤައުމީ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
f

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ، ކެރަމް ޖޫނިއަރ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން މީކާއީލް ބިން މަދަދުﷲ ހޯދިއިރު، އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އައިޝަތު މަންޝާ ހޯދައިފި އެވެ.

ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި މީކާއީލް ވާދަކޮށްފައި ވަނީ، އަޒްލާން އައުޒަލްއާ އެވެ. މި މެޗު މީކާއީލް ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. ފިރިހެން ސިންގަލްސްގެ ތިން ވަނަ ހޯދީ އަޙުމަދު ޝަމާލް ސައުދުﷲ އެވެ.

އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި މަންޝާ ވާދަކޮށްފައި ވަނީ އައިޝަތު އަލީޝާއާ އެވެ. މި މެޗު މަންޝާ ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. އަންހެން ސިންގަލްސްގެ ތިން ވަނަ ހޯދީ އިންޝާ އިކްލީލް އައްބާސް އެވެ.

މީގެ އިތުރުން ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން މީކާއީލް އަދި މުޙައްމަދު ޒީހާންގެ ޕެއާ އިން ހޯދީ، ފައިނަލްގައި އަލީ އަޙްކަމް އާދަމް އަދި އަޙުމަދު މައިޝާންގެ ޕެއާއާ ވާދަކޮށެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ އަޙުމަދު ނައިސަމް ނިސާހް އަދި މީކާލް މުބާހް މުޙައްމަދުގެ ޕެއާ އިންނެވެ.

އަންހެން ޑަބަލްސްގެ ފައިނަލްގައި އާމިނަތު ކައިސާ ބިންތި ޢަބްދުﷲ އަދި އިންޝާ އިކްލީލް އައްބާސްގެ ޕެއާ އިން ވަނީ، އާމިނަތު އިލްހާ ނިޔާޒު އަދި ޒުލައިޚާ ލީން ޙުސެއިންގެ ޕެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ އަައިޝަތު ރީމް އަދި ޒިއުނާ ބިންތި ނަޝީދުގެ ޕެއާ އިންނެވެ.

މިއީ ކެރަމް އެސޯސިއޭޝަން އިން އިންތިޒާމު ކޮށްގެން ޖޫނިއަރ އުމުރުފުރާ އަށް ޚާއްސަކޮށްގެން ޤައުމީ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.

- ކޮމެންޓް