ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 09:52
ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި އަޒްމީން އަދި ހުޖާން
ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި އަޒްމީން އަދި ހުޖާން
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކެރަމް ޤައުމީ މުބާރާތް: ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން އަޒްމީން އަދި ހުޖާން އަށް
ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލްގައި އަޒްމީން އަދި ހުޖާންގެ ޕެއާ ވާދަކޮށްފައި ވަނީ، އަލީ އާޒިމް އަދި އާދަމް އަދީލްގެ ޕެއާ އެވެ. ފައިނަލް މެޗު އަޒްމީން އަދި ހުޖާންގެ ޕެއާ އިން ކާމިޔާބު ކޮށްފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ.
f

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، 34 ވަނަ ކެރަމް ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އިސްމާއީލް އަޒްމީން އަދި އިބްރާހީމް ހުޖާންގެ ޕެއާ އިން ކާމިޔާބު ކޮށްފި އެވެ.

ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލްގައި އަޒްމީން އަދި ހުޖާންގެ ޕެއާ ވާދަކޮށްފައި ވަނީ، އަލީ އާޒިމް އަދި އާދަމް އަދީލްގެ ޕެއާ އެވެ. ފައިނަލް މެޗު އަޒްމީން އަދި ހުޖާންގެ ޕެއާ އިން ކާމިޔާބު ކޮށްފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ ޙަސަން ނާޒިމް އަދި އަޙުމަދު ޙާމިދުގެ ޕެއާ އިންނެވެ.

މީގެ އިތުރުން އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލްގައި އާމިނަތު ވިޝާމާ އަދި އައިޝަތު ފައިނާޒް ވަނީ، އައިޝަތު ނައުފާ އަދި އާމިނަތު ވިދާދުގެ ޕެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ވިޝާމާ އަދި ފައިނާޒްގެ ޕެއާ އިން ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ އާމިނަތު ޝުބާ އާދަމް އަދި ފާތިމަތު ރަޔާނާގެ ޕެއާ އެވެ.

މީގެ އިތުރުން މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ޔަމާން އަބްދުލް ޖަލީލް އަދި ފައިނާޒްގެ ޕެއާ އާއި އަޒްމީން އަދި ޝުބާގެ ޕެއާ އެވެ. މިކްްސް ޑަބަލްސްގެ ފައިނަލް މެޗު ޔަމާން އަދި ފައިނާޒްގެ ޕެއާ އިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. މިކްސް ޑަބަލްސް އިވެންޓުގެ ތިން ވަނަ ހޯދީ ޚާތިމް ޚަލީލް އަދި ވިޝާމާގެ ޕެއާ އިންނެވެ.

ކެރަމް ޤައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ މިކްސް ޑަބަލްސް ކާމިޔާބު ކުރީ އަޙުމަދު މުޝްރިފް އަދި ޒުލެއިޚާ ލީންގެ ޕެއާ އެވެ. އަންހެން ޑަބަލްްސް ކާމިޔާބު ކުރީ އާމިނަތު ކައިސާ ބިންތި ޢަބްދުﷲ އަދި އިންޝާ އިކްލީލް އައްބާސްގެ ޕެއާ އެވެ. މީގެ އިތުރުން ފިރިހެން ޑަބަލްސް ކާމިޔާބު ކުރީ މީކާއީލް ބިން މަދަދުﷲ އަދި މުޙައްމަދު ޒީހާންގެ ޕެއާ އިންނެވެ.

މީގެ އިތުރުން މިއަހަރުގެ ކެރަމް ޤައުމީ މުބާރާތުގެ ސިންގަލްސް އިވެންޓުގެ ކުޅުން ވެސް ކުރިއަށް ދާނެ އެވެ.

- ކޮމެންޓް