Advertisement
ކ. މާލެ
|
11 ޖުލައި 2025 | ހުކުރު 18:44
ޑޮލަރުގެ އަގު 20ރ އަށް އަރައިފި
ޑޮލަރުގެ އަގު 20ރ އަށް އަރައިފި
ރާއްޖެއެމްވީ
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން
ޑޮލަރުގެ ހުވަފެންތައް ބިލާހަކަށް، ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 20ރ. އަށް އަރައިފި
ޑޮލަރެއްގެ އަގު 19 ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ގޮތުން، މިދިޔަ މަހު ފަހުކޮޅު ވެސް ޑޮލަރެއްގެ އަގު ހުރީ 19.50 ރުފިޔާއާއި 19 ރުފިޔާއާ ދެމެދުގައެވެ.

ހުއްޓުމެއް ނެތި ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 20ރ. އަށް މިއަދު އަރައިފިއެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.

ޑޮލަރުގެ އަގު ބޮޑުވެ، ޑޮލަރުގެ ތާށިކަން ބޮޑުވެފައިވީ ނަމަވެސް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން ވަނީ ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކަށް ދޭ ސަޕޯޓު 30 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މީގެ ދެތިން މަސްކުރިން އެ ސަޕޯޓު ހުރީ ފަސް ޕަސެންޓުގަ އެވެ.

ޑޮލަރެއްގެ އަގު 19 ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ގޮތުން، މިދިޔަ މަހު ފަހުކޮޅު ވެސް ޑޮލަރެއްގެ އަގު ހުރީ 19.50 ރުފިޔާއާއި 19 ރުފިޔާއާ ދެމެދުގައެވެ. އަދި، އޭގެ ފަހުން މި މަހު ޑޮލަރެއްގެ އަގު ވަނީ 19.50 ރުފިޔާއާއި 19.80 ރުފިޔާއާ ހަމައަށް އުފުލިފައެވެ.

މިވަގުތު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ވިޔަފާރިވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ބޭންކުން ވެސް ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިޔުމުގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރި ކުރުމަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށާއި، ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.

ރައީސް މުޢިއްޒު އެހެން ވިދާޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު ވެސް، މިވީ އެއް އަހަރުގެ ތެރޭގައި ވެސް ޑޮލަރުގެ އަގު ހުރީ ނަވާރަ ރުފިޔާ އަށް ވުރެ މަތީގަ އެވެ.

އޭގެ ފަހުން ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލާ އެކު، 2027 ވަނަ އަހަރު އާންމު ރޭޓުގައި ޑޮލަރު ލިބެން ފަށާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

- ކޮމެންޓް