ކ. މާލެ
|
11 ޖުލައި 2025 | ހުކުރު 13:29
އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އަލްއަރަބިއްޔާ
ރަހީނުން މިނިވަން ކުރުން
ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އާދެވޭނެކަމުގެ އުއްމީދު އެބައޮތް - ނަތަންޔާހޫ
އިސްރާއީލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދެކުނު އިސްރާއީލަށް ހަމަލާދީ، 1,200 މީހުން މަރާލައި، 251 މީހުން ރަހީނުންގެ ގޮތުގައި ހިފަހައްޓާފައިވެއެވެ. ގައްޒާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 57,000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ، ގައްޒާގެ ބޮޑުބައެއް ވަނީ ވީރާނާވެފައެވެ.

ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއިލުގެ އިތުރު ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި މިވަގުތު ހަމާސްގެ ބާރުގެ ދަށުގައި 50 ރަހީނުން ތިބިއިރު، އޭގެ ތެރެއިން 20 މީހުން ދިރިހުރި ކަމަށް ޤަބޫލުކުރެވެއެވެ. އޭނާ ވިދާޅުވީ ބޭނުންވަނީ އެންމެން ސަލާމަތްކުރަން ކަމަށާއި، ލިބިފައި އޮތް އެއްބަސްވުމުގައި ދިރިތިބި މީހުންގެ ދެބައިކުޅަ އެއްބައި އަދި މަރުވެފައިވާ މީހުންގެ ދެބައިކުޅަ އެއްބައި ދޫކޮށްލެވޭނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ ބާކީ ދިރިހުރި 10 މީހުންނާއި މަރުވެފައިވާ 12 ރަހީނުން ތިބޭނެ ކަމަށާއި، އެމީހުންވެސް ސަލާމަތްކުރާނެ ކަމަށެވެ. އަދި މިކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.

އިސްރާއީލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދެކުނު އިސްރާއީލަށް ހަމަލާދީ، 1,200 މީހުން މަރާލައި، 251 މީހުން ރަހީނުންގެ ގޮތުގައި ހިފަހައްޓާފައިވެއެވެ. ގައްޒާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 57,000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ، ގައްޒާގެ ބޮޑުބައެއް ވަނީ ވީރާނާވެފައެވެ.

ހަނގުރާމަ ފެށުނީއްސުރެ ދެފަރާތުން ވަނީ ދެފަހަރު ހަނގުރާމަ މެދުކަނޑާލާފައެވެ. އެއީ 2023 ގެ ނޮވެންބަރުގައި އެއްފަހަރު އަދި 2025 ގެ ޖަނަވަރީގައި އަނެއްފަހަރުއެވެ.

ނެތަންޔާހޫ ވިދާޅުވި ގޮތުގައި އިސްރާއީލާއި ހަމާސްއާ ދެމެދު 60 ދުވަހުގެ ހަނގުރާމަ ހުއްޓުމެއް އަންނާނެ ކަމަށް ލަފާކުރެވޭ އިރު، މި މުއްދަތުގައި ހަނގުރާމަ ނިންމާލުމަށް މަސައްކަތްކުރެވިދާނެއެވެ.

ހަމާސްއިން ބުދަ ދުވަހު ބުނެފައިވަނީ ހިނގަމުންދާ ހަނގުރާމަ ހުއްޓުމުގެ މަޝްވަރާތަކުގައި އެތައް ހުރަހެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި އެހީގެ ތަކެތި ފޯރުކޮށްދިނުމާއި، ގައްޒާއިން އިސްރާއީލު ސިފައިން ފޭބުމާއި، "ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ހަގީގީ ގެރެންޓީތައް" ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބެހޭގޮތުން ވާހަކަދައްކަވަމުން އިސްރާއީލުގެ ހަރުކަށި ލީޑަރު ވިދާޅުވީ "މިފަދަ ރައްޓެއްސެއް، ޔަހޫދީ ދައުލަތަށް މިފަދަ އެހީތެރިއެއް ވައިޓް ހައުސްގައި ލިބިފައި ނުވާ ކަމަށެވެ.

- ކޮމެންޓް