Advertisement
ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 23:17
ރ.އަތޮޅުގެ ރިސޯޓެއް
ރ.އަތޮޅުގެ ރިސޯޓެއް
ގޫގުލް
ރ.އަތޮޅު
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
އެއީ ކޮން ރިސޯޓެއް ކަން ހާމަކޮށްފައި ނުވި ނަމަވެސް އެއީ ރިސޯޓެއްގެ މުވައްޒަފެއް ކަމަށް ފުލުހުން ވަނީ ބުނެފައި

ރ. އަތޮޅުގެ ރިސޯޓަކުން ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްގައި ކެނޯއަކުން ނިކުތް 35 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިކަން ރިޕޯޓްކޮށްފައިިވަނީ ބުރާސްފަތި ދުވަހުގެރޭ 8:43 އެހާކަންހާއިރު ކަމަށެއެވެ. ނަމަވެސް މިރޭ 30؛22 އެހާކަންހާއިރު އެމީހާ ރ. ދުވާފަރަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެއެވެ. އަދި އެމީހާ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެއެވެ.

ކޮން ރިސޯޓެއްކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެއީ ރިސޯޓެއްގެ މުވައްޒަފެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް މޫސުން ގޯސް ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން އިލްތިމާސްކުރެއެވެ.

- ކޮމެންޓް