Advertisement
ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 13:09
2022 ވަނަ އަހަރުގެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ގްރެޖުއޭޝަންގެ ތެރެއިން
2022 ވަނަ އަހަރުގެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ގްރެޖުއޭޝަންގެ ތެރެއިން
އެމްއެންޔޫ
ކިޔަވާ ކުދިންނަށް ދޫކުރާ ލޯނު
ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެއްޖެ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތެއް ނެތް
ކިޔަވާ ކުދިންނަށް 2025 ގެ ޖޫން 19ގެ ނިޔަލަށް ދޫކުރެވިފައިވަނީ 189.3 މިލިއަން ރުފިޔާ
ބޭންކުތަކުގައި ހުރި ފައިސާވެސް ސަރުކާރަށް ނަގާފައި

މި ސަރުކާރުގައި ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މާލީ ހާލަތުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިމަހުގެ 7 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް މަޑުޖެހޭއިރު، ވިޔަފާރިތައް ފައިނޭންސް ކުރެވޭނެ މިންވަރުވެސް ދަށްވެފައިވާ ކަމަށެވެ.

އެސްޑީއެފްސީ އިން ލޯނެއް ދޫނުކުރާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތެއް ނެތް ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ މިސަރުކާރުގައި ކިޔަވާ ކުދިންނަށް ވެސް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

އެގޮތުން 2024 ވަނަ އަހަރު 308.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2025 ގެ ޖޫން 19ގެ ނިޔަލަށް ދޫކުރެވިފައިވަނީ 189.3 މިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އަބަދުވެސް ޓްވިޓަރގައި ވެސް ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ފާހަގަވެގެން އެބަދޭ ބޭރުގެ ކިޔަވާ ކުދިންނަށް ފައިސާ ނުލިބިގެން އެކުދިންނަށް އުދަނގޫވެގެން ކިޔަވަން ދަތިވެގެން އެވާހަކަ ދައްކަމުންދާތަން.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އެސްޑީއެފްގެ ލިކުއިޑް ބެލަންސް ބޮޑުވެގެން ވަރަށް ޕްރޮމޯޓް ކުރިކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މިއަދު އޭގައި މުކޮސްވެސް ނެތް ކަމަށާއި، ހުރި އެއްޗެއް ނެގީ ސަރުކާރުން ކަމަށެވެ.

އަމީރު ވިދާޅުވީ ބޭންކުތަކުގައި ހުރި ފައިސާވެސް ސަރުކާރަށް ނަގާފައިވާ ކަމަށާއި، ސަރުކާރުގެ ހަރަދު ބަރަދު ހަމަޖައްސަމުން ދަނީ ބޭންކުގައި ހުރި ފައިސާއިން ކަމަށެވެ.

އަމީރު ވިދާޅުވީ ބޭންކް އޮޕް މޯލްޑިވްސް ބޯޑުގައި މިނިވަންކަމެއް ނެތް ކަމަށާއި، ބޭންކުގެ ނިންމުންތައް ކުރިއަށްދަނީ ސިޔާސީ ވިސްނުމުގައި ރާއްޖޭގެ މަލީ އަދި އިގްތިސާދީ ހާލަތާއި ކުރިމަގަށް ނުބަލައި ކަމަށެވެ. އަދި މިއީ ނުރައްކާ ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް