ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 11:47
ނާސިރު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި މެޑިކަލް އޮފިސަރުންތަކެއް މަސައްކަތް ކުރާ މަންޒަރު
ނާސިރު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި މެޑިކަލް އޮފިސަރުންތަކެއް މަސައްކަތް ކުރާ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ތެލުގެ ދަތިކަމާ ހުރެ ހޮސްޕިޓަލްތައް ހުއްޓުމަކަށް އައުމުގެ ބިރު، 100 ކުޑަކުދިންގެ ފުރާނަ ނުރައްކަލެއްގައި
އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެެކްޓަރު މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވެފައި ވަނީ، އެ ހޮސްޕިޓަލްގައި 100 އަށް ވުރެ ގިނަ ކުޑަ ކުދިންނާއި، 350 އަށް ވުރެ ގިނަ ޑައިލިސިސް ބަލި މީހުން ތިބި ކަމަށާއި، އެ މީހުންގެ ފުރާނަ އަށް މިހާރު ވެސް ނުރައްކާވެފައިވާ ކަމަށެވެ.

ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާ އަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ދަތި ކޮށްފައިވާތީ، ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ ނުލިބި އެ ތަންތަން ހުއްޓުމަަކަށް އަތުވެދާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި އެވެ.

އަލް ޝިފާ ހޮސްޕިޓަލް އަދި ނާސިރު ހޮސްޕިޓަލް އިން ވަނީ ތެޔޮ ލިބުމުގެ ދަތިކަމާ ހުރެ އެ ހޮސްޕިޓަލްތަކުގެ ޚިދުމަތް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އެކަމުގައި ކުއްލި އަދި އަވަށް އެހީތެރިކަަމަށް ވަނީ "އާދޭސް" ކޮށްފަ އެވެ.

އިސްރާއީލްގެ ދަތި ކުރުމުގެ ސަބަބުން މި ދެ ހޮސްޕިޓަލް އިން ތެޔޮ ހުސްވެ، ހަމަހިމޭން ކަމުގެ ގަބުރުސްތާނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. ބުދަ ދުވަހު އެ ދެ ހޮސްޕިޓަލް އިން ވަނީ އެކަމުގެ އިންޒާރު ދީފަ އެވެ. 

އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެެކްޓަރު މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވެފައި ވަނީ، އެ ހޮސްޕިޓަލްގައި 100 އަށް ވުރެ ގިނަ ކުޑަ ކުދިންނާއި، 350 އަށް ވުރެ ގިނަ ޑައިލިސިސް ބަލި މީހުން ތިބި ކަމަށާއި، އެ މީހުންގެ ފުރާނަ އަށް މިހާރު ވެސް ނުރައްކާވެފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ އޮކްސިޖަން ސްޓޭޝަންތައް ހުއްޓިދާނެ ކަމަށާއި، އޮކްސިޖަން ނެތް ހޮސްޕިޓަލަކީ ހަގީގަތުގައި ހޮސްޕިޓަލަކަށް ވެސް ނުވާނެ ކަމަށެވެ. މީގެ އިތުރުން ލެބޯޓްރީގެ ބްލަޑް ބޭންކުތައް ބަންދުވެ، ރެފްރިޖަރޭޓަރު ތަކުގައި ހުރި ލޭ ޕެކެޓުތައް ހަލާކުވެ ދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދިނެވެ. 

އަބޫ ސަލްމިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، އިސްރާއީލް އިން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޯށްދިނުމަށް ވަރަށް ބޮޑަށް ދަތި ކޮށްފައި، އަދި އެކަން މަދުކޮށްފައި އެވެ.

އެހެންވެ އިންޓެންސިވް ކެއާ ޔުނިޓާއި، އޮޕަރޭޓިން ރޫމުތަކުން ކަރަންޓު ސަލާމަޔތް ކުރުމަށް، ޑައިލިސިސް ޑިޕާޓްމަންޓު މިވަގުތު ބަންދުކޮށްފަައިވާ ކަމަށް ބުންޏެވެ. ސަބަބަކީ، އެ ޑިޕާޓްމަންޓު ތަކަކީ އެންމެ މިނެޓަކަށް ވެސް ކަރަންޓު ކެނޑިގެން ނުވާނެ ތަންތަނަށް ވާތީ އެވެ. 

- ކޮމެންޓް