އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލަ ހޫނުވެ، ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރީ ސަރުކާރުން ހަދާފައިވާ އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒްގެ ޕޯސްޓުގައި ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ ކަމަށެވެ. އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މިހާ ހިސާބަށް ކަންކަން ދިޔައީމާ ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އަދި ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ ވެސް ސުވާލުކޮށްލަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން އެ ސުވާލުކޮށްލަންޖެހޭ ކަމަށެވެ.
އަދި އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ. އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް. މިހާ ހިސާބަށް ކަންކަން… https://t.co/MiVroBCWVT
— Fayyaz Ismail (@faya_i) July 9, 2025
ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ހަވީރު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގުޅީ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މެއި 2025 ގައި ކުރިއަށް ގެންދެވުނު ގުރުއަތުން އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލު ކުރުން އަވަސް ކުރުަމަށްޓަކައި އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި ގޯތި އޮތްތަން ބަޔާން ކުރުމުގެ ގޮތުން، މިހާރު އެ ފަރާތްތަކާ އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހު ކުރުމަށްޓަކައި މިނިސްޓްރީ އާއި ގޯތި ހަވާލު ކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހު ކުރެވިފައިވާ އައު އެއްބަސްވުގައި ސޮއި ކުރުމަށް މިނިސްޓްރީން ނިންމި ކަމަށެވެ.