ދިރާގުން އާ ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފި އެވެ.
ދިރާގުން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އެކުންފުނިން އާ ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފައިވާ ކަމަށާއި އެންމެ 50 ރުފިޔާއިން ފެށިގެން 125 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ލިބެންހުރި މި ޕެކޭޖްތަކުން އިންޓަނޭޝަނަލް މިނިޓްގެ އިތުރުން ހިލޭ ޑޭޓާ ވެސް ލިބޭނެ ކަމަށެވެ.
"އެންމެ 55 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ދެމެދުގައި ލިބެންހުރި މި އައިޑީޑީ ޕެކޭޖްތަކުން އިންޓަރނޭޝަނަލް މިނިޓްސްގެ އިތުރުން ހިލޭ ޑޭޓާ ލިބިގެންދާނެ"
ދިރާގު![]()
ދިރާގުން މި ޕެކޭޖްތައް ތައާރަފްކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، ނޭޕާލް، އޮސްޓްރޭލިއާ، ޗައިނާ، ސައުދީ އަރަބިއްޔާ އަދި އިތުރު ގިނަ ގައުމުތަކެއް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ޕެކޭޖްތައް ތައާރަފްކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، ނޭޕާލް، އޮސްޓްރޭލިއާ، ޗައިނާ، ސައުދީ އަރަބިއްޔާ އަދި އިތުރު ގިނަ ގައުމުތަކެއް ހިމެނޭ
ދިރާގު![]()
މީގެ އިތުރުން ދިރާގުން ބުނީ އެ ކުންފުނީގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ ކަމަށެވެ.
އެހެންކަމުން، ދިވެހީންގެ އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންންގެ އާއިލާއާއި އެހެންނިހެން ފަރާތްތަކުގެ ހާލުބެލުމަށާއި ގުޅުންބަދަހިކުރުމަށް މި އައިޑީޑީ ޕެކޭޖްތަކުގެ އެހީގައި އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ދިރާގުން ދަނީ ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.