ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 14:41
ރަޝިޔާގެ ރައީސް ޕުޓިން، އަދި ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ރޯމަން ސްޓަރޮވޮއިޓް
ރަޝިޔާގެ ރައީސް ޕުޓިން، އަދި ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ރޯމަން ސްޓަރޮވޮއިޓް
ރޮއިޓަރސް
ރަޝިޔާ
ޕުޓިން، ޓްރާންސްޕޯޓް މިނިސްޓަރު ސްޓަރޮވޮއިޓް މަޤާމުން ވަކި ކުރައްވައިފި
ހޯމަ ދުވަހު އޭނާ މަގާމުން ވަކި ކުރައްވާފައިވާއިރު، އޭނާ މަގާމުން ވަކި ކުރި ސަބަބު ރަޝިޔާގެ ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.
f

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އެ ޤައުމުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ރޯމަން ސްޓަރޮވޮއިޓް މަޤާމުން ވަކި ކުރައްވައިފި އެވެ.

ހޯމަ ދުވަހު އޭނާ މަގާމުން ވަކި ކުރައްވާފައިވާއިރު، އޭނާ މަގާމުން ވަކި ކުރި ސަބަބު ރަޝިޔާގެ ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް މިއީ، ރަޝިޔާގެ ސަރުކާރުގެ އިސް މަޤާމުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން ބަދަލެއް ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު ކަމުން ސްޓަރޮވޮއިޓް ވަކި ކުުރެއްވި ނަމަވެސް، އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރައްވާނީ ކޮން ބޭފުޅެއް ކަމެއް ވެސް ހާމަވެފައި ނުވެ އެވެ. އެެހެންކަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތުގެ އިތުރު ތަފްސީލުތައް އަންނަ ދުވަސް ތަކުގައި ހާމަ ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މަޤާމަށް ސްޓަރޮވޮއިޓް ހަމަޖައްސާފައި ވަނީ، 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭނާ ވަނީ މީގެ ކުރިން ރަޝިޔާގެ ކާސްކް ސަރަހައްދުގެ ގަވަރުނަރުކަން ފަސް އަހަރު ވަންދެން އަދާ ކޮށްފަ އެވެ.

- ކޮމެންޓް