އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށް އެދި، ފްރާންސްގެ ޤާނޫނީ ޖަމާއަތަކުން އެ ޤައުމުގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފި އެވެ.
ފްރާންސްގެ މެންޓްރޯއިލް އިދާރީ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، ފްރާންސްގެ ޖުރިސްޓްސް ފޯ ދަ ރެސްޕެކްޜް އޮފް އިންޓަނޭޝަނަލް ލޯ (ޖުރްދީ) އިންނެވެ.
އެ މައްސަލައިގައި އެދިފައި ވަނީ ފްރާންސްގެ ރޮއިސީ ޗާލްސް ޑި ގޯލް އެއާޕޯޓް އިން، ސްވިޑަންގެ ކުންފުންޏެއް ކަމަށްވާ ސްވެބޯސްޓަލް ސްވެންސްކާ އޭބީ އިން ފޮނުވަމުން އަންނަ، އިސްރާއީލްގެ އެލްބިޓް ސިސްޓަމް އަށް ދަތުރު ކުރަމުން އަންނަ އަސްކަރީ މުދާ ތަކާއި އާލާތްތައް ހުއްޓުވައި ދިނުމަށް އެދޭ ކަމަށެވެ.
އެގޮތުން އެލްބިޓް ސިސްޓަމް އަކީ މައިގަނޑު ގޮތެއްގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނަށް ހަތިޔާރު ސަޕްލައި ކުރާ ފަރާތް ކަމަށާއި، ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އެ ކުންފުނިން މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ޖުރްދީ އީން ވަނީ ބުނެފަ އެވެ،
ބައިނަލްއަޤުވާމީ ޖިނާއީ ކޯޓާއ،ި ބައިނަލްއަޤުވާމީ އަދުލު އިންސާފުގެ ކޯޓުން ކުށްވެރި ކޮށްފައިވާ ބައިނަލްއަޤުވާމީ ޖަރީމާތަކެއްގައި ފްރާންސްގެ ބިމުން އެހީތެރިވެ ދިނުމަކީ، ފްރާންސްގެ ރައްޔިތުން އަގުވަޒަން ކުރާ އަސާސްތަކާ ޚިލާފު ކަމެއް ކަމަށް ޖުރްދީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.