ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގެ ހުރިހާ ފައިސާއެއް ބޭނުންކޮށްފައިވާ ކަމަށާއި، މިހާރު ބޭންކުތަކުން ފައިސާ ނަގަމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އެސްޑީއެފްގެ ބޭނުންކުރެވޭ ހުރިހާ ފައިސާއެއް މިސަރުކާރުން ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިހާރު ބޭންކުތަކުން ފައިސާ ނަގަމުންދާ ކަމަށެވެ.
ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގެ ފައިސާ ފަންޑުގައި ހުރި ފައިސާ މިހާރު ސަރުކާރަށް ނެގުން. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ސަރުކާރު ބަދަލުވެގެންދިޔައިރުގައި ވަރަށް ބޮޑަށް ކުރީ ސަރުކާރަށް މިހާރުގެ ރައީސް މުއިއްޒު ވަރަށް އެސްޑީއެފްގެ ފައިސާ ނެތް ވާހަކަ ވަރަށް ބޮޑަށް ފާހަގަކުރަމުންދިޔަ. އެކަމަކު އޭރު ވެސް އަޅުގަނޑުމެން އޭގެ ތަފްސީލުތައް ކިޔައިދެމުންދިޔައީ. މިހާރު ބަލާއިރުގައި އެސްޑީއެފްގައި ފައިސާ ބޭނުންކުރެވޭ ބޭނުންކުރެވޭ ފައިސާއެއް ނެތް. ހުރިހާ ފައިސާއެއް ވެސް ބަޖެޓު ހިންގުމަށް ސަރުކާރުގެ ހަރަދުތައް ފޫ ބެއްދުމަށް ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް ހުރިހާ ފައިސާއެއް މިހާރު ވަނީ ބޭނުންކޮށްފައި. ސަރުކާރުން އަމަލުކުރާ ގޮތަކީ ބޭންކުތަކުގެ ފައިސާ ސަރުކާރަށް ނެގުން.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
ބަޖެޓަށް ފައިސާ ހޯދުމުގެ ގާބިލްކަން ނެތްކަން ހާމަވެފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓަށް 500 މިލިއަން ޑޮލަރު ހޯދަންޖެހޭ ކަމަށާއި، ނަމަވެސް އަހަރު ނިންމާލީ އެ ފައިސާ ނުހޯދައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 7 ބިލިއަނުން ސަރުކާރު ދަރައި އޮވެގެން ކަމަށެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ ވެސް ބަޖެޓަށް 432.5 މިލިއަން އެމެރިކާ ޑޮލަރު ހޯދަންޖެހޭ ކަމަށާއި، ހިލޭ އެހީގެ ގޮތުގައި 120 މިލިއަން އެމެރިކާ ޑޮލަރު ހޯދަންޖެހޭކަން އަމީރު ފާހަގަކުރެއްވިއެވެ. މިފައިސާ ނުހޯދާ ކަމަށާއި، ސަރުކާރު ހިންގަނީ ލޭންދޭނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ނުދައްކާ ހުރި ބިލުތަކުގެ އަދަދު ގިނަވެ އެޝަކުވާ ވިޔަފާރިތަކުން ކުރަމުންދާ ކަަމަށެވެ.
އެއްވެސް ފައިސާއެއް ނުހޯދުމުގެ ނަތީޖާއަކީ ރާއްޖޭގެ ޑޮމެސްޓިކް މާކެޓުގައި ހުރި ހުރިހާ ފައިސާއެއް ސަރުކާރުން ބޭނުންކުރުން. ބޭންކް އޮފް މޯލްޑިވްސް އަދި ބޭންކުތަކުގައި ހުރި ހުރިހާ ފައިސާއެއް މި ޓްރެޝަރީ ބިލްތަކަށް ފައިސާ ބޭނުންކުރުން. އަދި އޭގެއިތުރުން ސަރުކާރު ހިއްސާވާ ލިކުއިޑް ފައިސާއެއް ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާއެއް ހުރި ކުންފުންޏަކަށްވާނަމަ އެފައިސާއެއް ސަރުކާރަށް ނެގުން.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
އަމީރު ވިދާޅުވީ މިކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ އިދަ ޖެހެމުންދާ ކަމަށާއި، އަމިއްލަ ވިޔަފާރިތަކުގެ ވިކުރާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ އާއްމު މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.