ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 11:28
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލް ދިން ދީފައިވާ ހަމަލާތަކުގައި ލިބިފައިވާ ގެއްލުން
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލް ދިން ދީފައިވާ ހަމަލާތަކުގައި ލިބިފައިވާ ގެއްލުން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލް އިން ޣައްޒާގައި ނުވަ މީހަކު ޝަހީދު ކޮށްލައިފި
އަލް ޝިފާ ހޮސްޕިޓަލް އިން މައުމޫލާތު ދީފައިވާ ގޮތުގަައި، އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެގެން ކުޑަ ކުއްޖެއްގެ އިތުރުން، ހަ މީހަކު ވަނޫ ޣައްޒާ ސިޓީގައި ހުންނަ އަލް ރިމާލް ކްލިނިކަށް ގެންގޮސްފައެވެ.
f

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ދެމުން އަންނަ ހަމަލާތަކުގައި، ޣައްޒާ އިން ނުވަ މީހަކު ޝަހީދު ކޮށްލައިފި އެވެ. 

ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގެ އެކި ސަރަހައްދު ތަކަށް އާދީއްތަ ދުވަހުގެ ރޭ އިސްރާއީލް ދިން ހަމަލާތަކުގައި ވަނީ ނުވަ މީހަކު ޝަހީދުވެފަ އެވެ. އޭގެ އިތުރުން އެތައް ބަޔަކަށް އިތުރު އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް އިން މައުލޫމާތު ދީފައިވާ ގޮތުގަައި، އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެގެން ކުޑަ ކުއްޖެއްގެ އިތުރުން، ހަ މީހަކު ވަނޫ ޣައްޒާ ސިޓީގައި ހުންނަ އަލް ރިމާލް ކްލިނިކަށް ގެންގޮސްފަ އެވެ. އެ ހަމަލާގައި އިތުރު 15 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލް އާއި، އަލް އައުދާ ހޮސްޕިޓަލްގެ މެޑިކަލް މަސްދަރަކު މައުލޫމާތު ދީފައިވާ ގޮތުގައި، މެދު ތެރޭގެ ޣައްޒާގެ ބްރެއިޖް ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް އިސްރާއީލް އިން ދިން ހަމަލާގައި ދެ މީހަކު ޝަހީދުވެފައިވާއިރު، އިތުރު ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ ޣައްޒާ އިން 57000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހުންނާއި ކުޑަ ކުދިން ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. އިސްރާއީލް އިން އަންނަނީ މި ފަހުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރަމުންނެވެ. 

މީގެ އިތުރުން ޣައްޒާގައި އިސްރާއީލް އިންް ދެމުން އަންނަ ހަމަލާތަކުގައި ދެ އިމާރާތެއް ވައްޓާލާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން ޣައްޒާގެ ޝެއިޚް ރަދުވާން ސަރަހައްދުގައި އާދީއްތަ ދުވަހު އިސްރާއީލް އިން ވަނީ ދެ އިމާރާތެއް ވައްޓާލައިފަ އެވެ. 

ކުއްލި ނުރައްކަލުގެ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ބުނެފައި ވަނީ، އިސްރާއީލް އިން ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެ ހަމަލާތައް ދިނުމުގެ ކުރިން އިސްރާއީލް އިން އެއްވެސް އިންޒާރެއް ވެސް ދީފައި ނުވެ އެވެެ.

މީގެ އިތުރުން ގާތް ގަނޑަކަށް ތިން ގަޑިއިރުގެ މަސައްކަތަށް ފަހު، އެ ސަރަހައްދުން ދިރި ތިބި ދެ މީހަކު ނެރެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

- ކޮމެންޓް