ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 13:03
ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ދައްކާ އެއްވުމެއްގެ ތެރޭގައި ޔަމަންގައި ޝުއޫރު ފާޅު ކުރަނީ
ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ދައްކާ އެއްވުމެއްގެ ތެރޭގައި ޔަމަންގައި ޝުއޫރު ފާޅު ކުރަނީ
ރޮއިޓަރސް
އިސްރާއީލް-ޔަމަން
ޔަމަންގެ މިސައިލް ހަމަލާއެއް އިސްރާއީލް އިން ހުއްޓުވައިފި
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އެ ޤައުމަށް އަމާޒުކޮށް އެ ފަދަ ހަމަލާތައް ދެމުން އަންނަނީ ޣައްޒާ އަދި ހަމާސް ޖަމާއަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް.
f

އިސްރާއީލަށް އަމާޒުކޮށް ޔަމަން ދިން ފޮނުވާލި މިސައިލް ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަ ކޮށްފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން އާދިއްތަ ދުވަހު ބުނެފައި ވަނީ އެ ޤައުމަށް އަމާޒުކޮށް ޔަމަން އިން ފޮނުވާލި މިސައިލް ހަމަލާއެއް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން އިސްރާއީލްގެ އެކި އެކި ސަރަހައްދު ތަކުައި އިންޒާރުގެ ސައިރަންތައް އަޅާފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން އިސްރާއީލް އިން ވަނީ ޔަމަން ހޫތީން އަށް އިންޒާރު ދީފަ އެވެ. އަދި ހޫތީން އިން އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ހުއްޓާ ނުލައިފި ނަމަ، ކަނޑު މަހުން އަދި ވައިގެ މަގުން ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިސްރާއީލް އިން ވަނީ ދީފަ އެވެ. އަދި އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އެ ޤައުމަށް އަމާޒުކޮށް އެ ފަދަ ހަމަލާތައް ދެމުން އަންނަނީ ޣައްޒާ އަދި ހަމާސް ޖަމާއަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. 

އިސްރާއީލް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޣައްޒާ ހަނގުރާމަ ފެށި ފަހުން، ހޫތީން އިން އަންނަނީ އިސްރާއީލް އަދި ރަތް ކަނޑުގައި ދަތުރު ކުރަމުން އަންނަ އުޅަނދު ފަހަރުތަކަށް ވެސް ހަމަލާތައް ދެމުންނެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ ބާޒާރަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އިސްރާއީލް އަށް އަމާޒުކޮށް ހޫތީން އިން މިހާތަނަށް ގިނަ ޑްރޯން ހަމަލާތަކެއް ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ހަމަލާތައް އިސްރާއީލް އިން ވަނީ ނައްތާލައިފަ އެވެ. ނުވަތަ އޭގެ ތެރެއިން ގިނަ ހަމަލާތައް އަމާޒަށް ވާސިލުވުމުގެ ކުރިން ވަނީ ވައްޓާލައިފަ އެވެ. 

- ކޮމެންޓް