ފަލަސްތީނުގެ އަލް-ޤުދުސް ބްރިގޭޑްސް އިން އިސްރާއީލުގެ ޓޭންކަކަށް ހަމަލާ ދީ އެ ޓޭންކް ގޮއްވާލައިފި އެވެ.
ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގްރޫޕް ކަމުގައިވާ އަލް-ގުދުސް ބްރިގޭޑްސް އިން ވަނީ މި ހަމަލާގެ ވީޑިއޯ އެކްސް ގައި ޕޯސްޓް ކޮށްފައެވެ.
މި ވީޑިއޯ އިން ފެންނަނީ އެމީހުންގެ ހަނގުރާމަވެރިން، ދެކުނު ޣައްޒާގައި އިސްރާއީލުގެ ސިފައިން ފުނޑުފުނޑުކޮށްލާފައިވާ އިމާރާތެއްގެ ތެރޭގައި ފޮރުވިގެން ތިބެ ގޮވާ ތަކެތި ތައްޔާރު ކުރުމަށް ފަހު، އެތަނަށް އަންނަ އިސްރާއީލުގެ ޓޭންކެއް ގޮއްވާލާ މަންޒަރެވެ.
"سـ.ـرايا القـ.ـدس" تنشر مشاهد لما قالت إنها لتفجير آلية عسكرية إسرائيلية شرق خان يونس والاستيلاء على مُسيرات إسرائيلية خلال تنفيذها مهامًا استخبارية #فيديو #حرب_غزة pic.twitter.com/3V1Bn5qZ5y
— الجزيرة فلسطين (@AJA_Palestine) July 5, 2025
ސަރާޔާ އަލް-ޤުދުސް ނުވަތަ އަލް-ޤުދުސް ބްރިގޭޑްސް ގެ މި ވީޑިއޯ އިން އިތުރަށް ފެންނަނީ އިސްރާއީލީ ސިފައިންގެ ކުދި ޑްރޯންތަކެއް އެމީހުން ހިފާފައިވާ މަންޒަރެވެ. ބެލެވޭ ގޮތުގައި މިއީ ޖާސޫސް ކުރުމުގެ ބޭނުމުގައި އިސްރާއީލުން އުދުއްސާލާފައިވާ ޑްރޯން ތަކެކެވެ.