ކ. މާލެ
|
3 ޖުލައި 2025 | ބުރާސްފަތި 12:04
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ދީފައިވާ ސްޓޭޓްމަންޓެއްގެ ތެރެއިން
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ދީފައިވާ ސްޓޭޓްމަންޓެއްގެ ތެރެއިން
ރޮއިޓަރސް
ޣައްޒާ-ހަނގުރާމަ
ނަތަންޔާހޫ ބޭނުން ވަނީ ހަމާސް ފުހެލަން
އެއްބަސްވުމާ ގުޅޭ ގޮތުން ރަސްމީކޮށް ނަތަންޔާހޫ އެއްޗެއް ވިދާޅު ނުވި ނަމަވެސް، އޭނާ ބޭނުން ވަނީ ހަމާސް ޖަމާއަތް މުޅިން ފުހެެލަން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
f

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުން އަންނަ މި ދަނޑިވަޅުގައި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުން ވަނީ ފަލަސްޠީނުގެ މިނިވަންކަަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތް މުޅިން ފުހެލަން ކަމަށް ރިޕޯޓު ކޮށްފި އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ އިން އަންނަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އަދި ޓްރަމްޕް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި ހުރި މުހިންމު ކަންތައްތަކަށް އިސްރާއީލް އިން އެއްބަސްވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އެ އެއްބަސްވުމާ ގުޅޭ ގޮތުން މިހާާތަނަށް ނަތަންޔާހޫ ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. އެއްބަސްވުމާ ގުޅޭ ގޮތުން ރަސްމީކޮށް ނަތަންޔާހޫ އެއްޗެއް ވިދާޅު ނުވި ނަމަވެސް، އޭނާ ބޭނުން ވަނީ ހަމާސް ޖަމާއަތް މުޅިން ފުހެެލަން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން ބުދަ ދުވަހު ކުރިއަށް ދިޔަ އިސްރާއީލް ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުމުގައި އެފަދަ މޭރުމަކުން ނަތަންޔާހޫ ވާހަކަ ދައްކާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމަ އަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޣައްޒާގެ ދެ މިލިއަންގެ މުޅި އާބާދީ ވަނީ ނިކަމެތި ޙާލަތަކަށް ވެއްޓިފަ އެވެ. އެގޮތުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމަށް ވެސް އިސްރާއީލް އިން އަންނަނީ ހުރަސް އަޅަމުންނެވެ. އަދި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު ވެސް، އިސްރާއީލް އިން އަންނަނީ ހަމަލާތައް އިތުރުކޮށް އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. 

ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހު އެކަނި ވެސް ވަނީ ޣައްޒާ އިން 47 މީހަކު ޝަހީދު ކޮށްލައިފަ އެވެ. އަދި އިސްރާއީލް އިން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް، ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް ވަނީ ޣައްޒާ އިން 57،012 މީހުން ޝަހީދު ކޮށްލައިފަ އެވެ.

- ކޮމެންޓް