ކ. މާލެ
|
30 ޖޫން 2025 | ހޯމަ 12:27
އިންޑިއާގެ އެންމެ ފަހުގެ ދުރު ރާސްތާ ލޭންޑް އެޓޭކް ކްރޫޒް މިސައިލްތައް
އިންޑިއާގެ އެންމެ ފަހުގެ ދުރު ރާސްތާ ލޭންޑް އެޓޭކް ކްރޫޒް މިސައިލްތައް
ސޯޝަލް މީޑިއާ
އިންޑިއާ
އިންޑިއާގެ އެންމެ ފަހުގެ މިސައިލްތައް ދައްކާލައިފި
އެއްގަމުން އުދުއްސާލައިފި ނަމަ 1500 ކިލޯމީޓަރުގެ ރާސްތާއެއް، އަދި ނޭވަލް އެސެޓަކުން އުދުއްސާލައިފި ނަމަ 1000 ކިލޯމީޓަރުގެ ރާސްތާ އަކަށް މި މިސައިލް ވާސިލްވާނެއެވެ.

އިންޑިއާގެ އެންމެ ފަހުގެ ދުރު ރާސްތާ ލޭންޑް އެޓޭކް ކްރޫޒް މިސައިލްތައް ދައްކާލައިފި އެވެ.

އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނުން އުފެއްދި މި މިސައިލްތައް ދައްކާލީ ގްރީސް ގައި ކުރިއަށް ދިޔަ ޑެފިއާ 2025 އަސްކަރީ އުފެއްދުންތަކުގެ މައުރަޒުގަ އެވެ.

މި މިސައިލަކީ އެއްގަމާއި ކަނޑުގައި ގާއިމު ކުރެވޭ ވަސީލަތްތަކުން އުދުއްސާލެވޭ ކްރޫޒް މިސައިލެކެވެ. އެއްގަމުން އުދުއްސާލައިފި ނަމަ 1500 ކިލޯމީޓަރުގެ ރާސްތާއެއް، އަދި ނޭވަލް އެސެޓަކުން އުދުއްސާލައިފި ނަމަ 1000 ކިލޯމީޓަރުގެ ރާސްތާ އަކަށް މި މިސައިލް ވާސިލްވާނެ އެވެ.

އަދި މި މިސައިލް ތަކުގައި ކޮންވެންޝަނަލް ވޯހެޑާއި ނިއުކްލިއާ ވޯހެޑް ވެސް އުފުލޭނެ އެވެ. މީގެ އިތުރުން އެންމެ ޒަމާނީ ނެވިގޭޝަން ސިސްޓަމެއް ބޭނުން ކޮށްގެން ސީދާ އަމާޒަށް ވާސިލުވުމަށް މި މިސައިލް ވެގެންދާނީ މުހިއްމު ހަތިޔާރަކަށެވެ.

ހަމައެއާ އެކު، މިސައިލްގެ މެނޫވަރަބިލިޓީގެ ވަރުގަދަކަމާ އެކު، މިޒަމާނުގެ ވައިގެ ދިފާޢީ ނިޒާމުތައް ފޫއަޅުވާލާފައި، އަމާޒަށް މި މިސައިލް ވާސިލު ވާނެ ކަމަށް ވެސް މިސައިލް އުފެއްދި ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނުން ބުނެ އެވެ.

ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ދުރު ރާސްތާ ލޭންޑް އެޓޭކް ކްރޫޒް މިސައިލްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ޓެސްޓު ކޮށްފަ އެވެ. އަދި މިސައިލްގައި ގާއިމު ކުރެވިފައިވާ ސިސްޓަމްތައް އިތުރަށް ފުރިހަމަ ކުރެވި، އިތުރު ޓެސްޓަކަށް އެ އިދާރާ އިން ދަނީ ތައްޔާރު ވަމުންނެވެ. ދެވަނަ ޓެސްޓަށް ފަހު މިއަހަރުގެ ފަހުކޮޅު އިންޑިއާގެ އަސްކަރިއްޔާގެ ކޮށާރަށް މި ބާވަތުގެ މިސައިލްތައް ވައްދާނެ އެވެ.

- ކޮމެންޓް