ކ. މާލެ
|
29 ޖޫން 2025 | އާދީއްތަ 12:27
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣަައްޒާ ހަނގުރާމަ ހުއްޓާލުމަށް އަނެއްކާ ވެސް ޓްރަމްޕް ގޮވާލައްވައިފި
ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމަށް ގޮވާލާ ކަމަށް.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދާ ހަނގުރާމަ ހުއްޓާލުމަށް މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ. އަދި ދާދި ފަހުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ހައްޔަރު ކޮށްފައިވާ ރަހީނުން ދޫކޮށްލުމަށް ވެސް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ. 

ޣައްޒާގައި އިސްރާއީލް އިން ކުރިއަށް ގެންދަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމަށް ޓްރަމްޕް ގޮވާލާފައިވާ މި ދަނޑިވަޅަކީ، އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް އިތުރުކޮށް، ޣައްޒާގައި ގިނަ ބަޔަކު ޝަހީދު ކުރަމުން އަންނަ ދަނޑިވަޅެކެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި އިސްރާއީލްގެ ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންސާނީ އެހީ އަށް ބޭނުންވެގެން، އެހީ ހޯދުމަށް އެއްވެ ތިބި ބަޔަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް އިސްރާއީލްގެ އަސްކަރިއްޔާގެ މައްޗަށް ވަނީ އަމުރު ވެސް ކޮށްފަ އެވެ. އެ މައުލޫމާތު ހިއްސާ ކޮށްފައި ވަނީ ނަން ހާމަ ނުކުރުމަށް ޝަރުތު ކުރުމަށް ފަހު، އިސްރާއީލްގެ ސިފައިންގެ މީހެކެވެ. 

ނަމަވެސް، އިސްރާއީލް އިން ރޮއިޓާސް އަށް ބުނެފައި ވަނީ އެއީ ހަގީގަތެއް ނޫން ކަމަށާއި، އެ ފަދަ އަމުރެއް ނުވަތަ އެންގުމެއް ވެސް އަންގާފައި ނުވާނެ ކަމަށެވެ. އަދި އެހީ ބެހުމުގެ މަސައްކަތް އިތުރަށް ޚަރުދަނާ ކުރުމުގެ ގޮތުން ބައެއް އިންތިޒާމުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

- ކޮމެންޓް