ކ. މާލެ
|
29 ޖޫން 2025 | އާދީއްތަ 12:07
ފްރާންސްގެ މިނިސްޓަރ ފޯ ޔޫރަޕް އެންޑް ފޮރިން އެފެއާޒް ޖީން-ނޯއެލް ބެރޮޓް
ފްރާންސްގެ މިނިސްޓަރ ފޯ ޔޫރަޕް އެންޑް ފޮރިން އެފެއާޒް ޖީން-ނޯއެލް ބެރޮޓް
ރޮއިޓަރސް
ޣައްޒާ-ހަނގުރާމަ
ޣައްޒާގައި ރައްކާތެރި ކަމާއެކު ކާބޯ ތަކެތި ބެހުމުގައި އެހީވުމަށް ފްރާންސް އޮތީ ތައްޔާރަށް
ބެރޮޓް ވިދާޅުވީ ކާާބޯ ތަކެތި ހޯދުމަށް އެއްވި މީހުންގެ ތެރެއިން އެކަނި ވެސް 500 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް.

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ، ޚާއްސަކޮށް ކާބޯ ތަކެތި ރައްކާތެރި ކަމާއެކު ބެހުމުގައި އެހީވުމަށް ފްރާންސް އިން އޮތީ ތައްޔާރަށް ކަަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖީން ނޮއެލް ބެރޮޓް ވިދާޅުވެއްޖެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، މުޅި ޣައްޒާ ވަނީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފަ އެވެ. ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުގައި ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވެ އެވެ. އެއީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލް އިން ހުރަސްއެޅުމުގެ ގޮތުން، އެހީ ބަހާ ސަރަހައްދުތަކަށް އެއްވާ މީހުންނަށް އަމާޒުކޮށް ހަމަލާތަކެއް ދެމުން ގެންދާތީ އެވެ. 

އެކަމާ ގުޅިގެން ބެރޮޓް ވިދާޅުވީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ބެހުމަށް އެހީީތެރިވުމަށް ފްރާންސް އާއި ޔޫރަޕުން އޮތީ ތައްޔާރަށް ކަމަށެވެ. ބެރޮޓް މިހެން ވިދާޅުވެފައި މި ވަނީ އިސްރާއީލްގެ ބެލުމުގެ ދަށުން އެހީ ބެހުމުގެ މަސައްކަތް ކުރާ މަރުކަޒު ތަކުގައި އާންމު ރައްޔިތުން ޝަހީދު ކުރަމުންދާ މިންވަރު އިތުރުވަމުން އަންނާތީ އެކަމަށް ބައިނަލްއަޤުވާމީ ފާޑު ކިޔުން އަމާޒުވަަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން މިހާތަނަށް އައިއިރު، އެހީ ބަހާ މަރުކަޒު ތަކުގައި އިސްރާއީލް އިން ދިން ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. ބެރޮޓް ވިދާޅުވީ އެއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކާާބޯ ތަކެތި ހޯދުމަށް އެއްވި މީހުންގެ ތެރެއިން އެކަނި ވެސް 500 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. 

އެހީގެ ޖަމިއްޔާއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެފައި ވަނީ، އިސްރާއީލާއި އެމެރިކާ އިން އެހީ ބެހުމުގެ ނަމުގައި ކުރިއަށް ގެންދާ މަސައްކަތަކީ "އިންސާނީ އެހީގެ ނަމުގައި ހިންގޭ މަރުގެ ކުޅިވަރެއް" ކަމަށެވެ. މީގެ އިތުރުން އދ ގެ ސެކްރެޓަރޫ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވަނީ، ކާބޯ ތަކެތި ހޯދުމަށް ނިކުމެ އުޅޭ މީހުންނަށް މަރުގެ ބިއު އޮތުމަކީ އޮވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. 

- ކޮމެންޓް