ކ. މާލެ
|
28 ޖޫން 2025 | ހޮނިހިރު 12:51
އިސްރާއީލްގެ ހަމަލާ އަމާޒުވެފައިވާ ސަރަހައްދެއްގައި ޣައްޒާގެ ރައްޔިތުންތަކެއް ޙަރަކާތްތެރި ވަނީ
އިސްރާއީލްގެ ހަމަލާ އަމާޒުވެފައިވާ ސަރަހައްދެއްގައި ޣައްޒާގެ ރައްޔިތުންތަކެއް ޙަރަކާތްތެރި ވަނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އެހީ ބަހާ ސަރަަހައްދުތަކުގައި ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލް އިން ދިން ހަމަލާ ތަޙުޤީގު ކުރަނީ
މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް އައިއިރު، އެހީ ބަހާ ސަރަހައްދުތަކުގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެެެވެ.

ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ސަރަހައްދުތަކަށް އެއްވާ އާންމު ރައްޔިތުންނަށް އަމާޒުކޮށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ދީފައިވާ ހަމަލާތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމައިފި އެވެ.

އެހީ ބަހާ ސަރަހައްދުތަކުގައި ޣައްޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް އިސްރާއީލް އަސްކަރިއްޔާގެ އެޑްވޮކޭޓް ޖެނަރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ހާރެޓްޒް ނޫހުން ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ނަން ހާމަ ނުކުރުމަށް ޝަރުތު ކުރުމަށް ފަހު، އިސްރާއީލްގެ ސިފައިންގެ މީހަކު ބުނެފައި ވަނީ އެހީ ބަހާ ސަރަހައްދު ތަކަށް ޖަމާވާ މީހުން ފަހަތަށް ޖެއްސުމަށްޓަކައި އެ މީހުންނަށް އަމާޒުކޮށް ބަޑި ޖެހުމަށް ވަނީ އަންގައިފަ އެވެ. ހާރެޓްޒް ނޫހުން ބުނެފައި ވަނީ ނަން ހާމަ ނުކުރުމަށް ސިފައިންގެ މީހާ ޝަރުތު ކޮށްފައިވާ ކަމަށެވެ. 

ނަމަވެސް، އިސްރާއީލްގެ އަސްކަރިއްޔާ އިން ރޮއިޓާސް އަށް ބުނެފައި ވަނީ އާންމުންނަށް އަމާޒުކޮށް ހަމަލާ ދިނުމަށް އެއްވެސް އިރުޝާދެއް ނުވަތަ އަމުރެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެހީ ބަހާ ސަރަހައްދުތަކުގެ އޮޕަރޭޝަަނަލް އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު ފެންސުތައް ހަރު ކުރުމާއި، ނިޝާންތައް ހަރުކުރުން އަދި އިތުރު މަގުތައް ހުޅުވާލެވިފައި ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ބޮޑު ބައެއް ވަނީ ވީރާނާވެފަ އެވެ. އަދި ދެ މިލިއަން އާބާދީގެ ގިނަ ބައެއް ވަނީ ނިކަމެތިވެ، ޙާލުގައި ޖެހިފަ އެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ ހުރަސް އަޅަމުންނެވެ. 

މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް އައިއިރު، އެހީ ބަހާ ސަރަހައްދުތަކުގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެެެވެ. އެ ސަރަހައްދުތަކުގައި ދިން ހަމަލާތަކުގެ ތަހުގީގު ކުރުމަށް ނިންމާފައިވާއިރު، އެ ތަހުގީގުގެ ނަތީޖާ ހާމަ ކުރުމަށް ގިނަ ފަރާތްތަކަކުން އަންނަނީ ގޮވާލަމުންނެވެ. 

- ކޮމެންޓް