ކ. މާލެ
|
27 ޖޫން 2025 | ހުކުރު 19:08
ފަލަސްތީނުގެ ރައްޔިތުން
ފަލަސްތީނުގެ ރައްޔިތުން
ނިއުޔޯކް ޓައިމްސް
ޣައްޒާގެ ރައްޔިތުންނަށް ހަމަލާ ދިނުން
އިސްރާއީލު ސިފައިން: އެހީ ހޯދަން ތިބި ގައްޒާ ރައްޔިތުންނަށް ހަމަލާދިނުމަށް އަމުރުކުރި
އިސްރާއީލު ސިފައިންގެ އިސް އޮފިސަރުންނާއި ސިފައިން ޤައުމީ ނޫހަކަށް ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގައި އިންސާނީ އެހީ ބެހުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ތިބޭ ފަލަސްތީނު ރައްޔިތުންނަށް ހަމަލާދިނުމަށް އަމުރުކުރެވުނު ކަމަށް ބުނެފައިވެ.

ހަތިޔާރު ނެތް އެހީ ހޯދަން އެއްވެފައި ތިބޭ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ބަޑިޖަހަން އަމުރުލިބިފައިވާ ކަމަށް އިސްރާއިލު ސިފައިން ބުނެފައިވާކަން ހާމަވެއްޖެއެވެ.

އިސްރާއީލު ސިފައިންގެ އިސް އޮފިސަރުންނާއި ސިފައިން ޤައުމީ ނޫހަކަށް ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގައި އިންސާނީ އެހީ ބެހުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ތިބޭ ފަލަސްތީނު ރައްޔިތުންނަށް ހަމަލާދިނުމަށް އަމުރުކުރެވުނު ކަމަށް ބުނެފައިވެއެވެ.

ހާރޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެހީ ފޯރުކޮށްދޭ މަރުކަޒުތަކުގައި ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭގޮތުން ތަޙްޤީޤު ކުރުމަށް އިސްރާއީލް ސިފައިންގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސިފައިންގެ އެންމެ އިސް ވެރިންނަށް ވަނީ އަންގާފައެވެ.

އެ ރިޕޯޓުގައި، ސިފައިން ހާމަކޮށްފައިވަނީ އެހީ ހޯދުމަށް އަންނަ މީހުން ދުރުކުރުމަށް ނުވަތަ ފަހަތަށް ޖެއްސުމަށް ލީތަލް ނޫން ހަތިޔާރުތައް ބޭނުންކުރުމުގެ ބަދަލުގައި އެ ފަރާތްތަކަށް ސީދާ ވަޒަން އަމާޒުކުރި ކަމަށެވެ.

ސިފައިންނާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނި އެ މީހުން ހަމަނުޖެހުން ކޮންޓްރޯލްކުރާ ކަރުނަގޭސް ފަދަ އާލާތްތައް ބޭނުން ނުކުރާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ހަމަލާދީފައިވަނީ ބޮޑެތި މެޝިން ގަންއާއި ގްރެނޭޑް ލޯންޗަރ އަދި މޯޓަރު ބަޑި ފަދަ އާލާތްތަކުން ކަމަށެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މެއި މަހުގެ ފަހުކޮޅުން ފެށިގެން އެހީ ފޯރުކޮށްދޭ މަރުކަޒުތައް ހިންގަން ފެށުނީއްސުރެ މަދުވެގެން 549 މީހުން މަރުވެފައިވެއެވެ.

އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން އިންޒާރު ދީފައިވީ ނަމަވެސް، އެމެރިކާ ސަރުކާރުން އެ ޖަމާޢަތްތަކަށް 30 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދިނުމަށް ވަނީ ފާސްކޮށްފައެވެ. މި އިންޒާރުތަކުގައި ބަޔާންކޮށްފައިވަނީ، އެ ޖަމްޢިއްޔާތަކުގެ މުވައްޒަފުންނަށް ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވުމުގެ ދަޢުވާ އުފުލިދާނެ ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި ހިމެނޭ ޔައްޓާ ސަރަޙައްދުގައި ހިނގި ހާދިސާއެއްގައި، އިސްރާއީލު ސިފައިން ދިން ހަމަލާއަކުން ފަލަސްތީނު އަންހެނަކަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އެ ރިޕޯޓުގައި ބުނީ މަޞްދަރުތަކުން ފާހަގަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ސުސިޔާ ރަށުގައި ހުރި ފަލަސްތީނުގެ ގޭގެއަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގެ ތެރޭގައި ކަމަށެވެ. މި ހަމަލާއާ ދެކޮޅަށް އަޑުއުފުލި އެހެން ރައްޔިތުންނަށްވެސް އަނިޔާވެފައިވާ ކަމަށް ބުނެއެވެ. އަނިޔާ ލިބުނު އަންހެން މީހާ ފަރުވާ ހޯދުމަށް ޔައްޓާގައި ހުންނަ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް މަޞްދަރުތަކުން ހާމަކޮށްފައިވެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރޓްޒްގެ ރިޕޯޓެއްގައި ސިފައިންނާއި އޮފިސަރުން ދީފައިވާ ބަޔާންތަކުގައި ކަންބޮޑުވާންޖެހޭ ފަދަ ކަންކަން ހިމެނިފައިވެއެވެ. މި ބަޔާންތަކުގައި ހާމަކޮށްފައިވާ ގޮތުގައި، އެހީހޯދުމަށް ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދިނުމަށް އަމުރު ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އޭގެ މަޤްޞަދަކީ އެ ޖަމާޢަތްތައް ފަހަތަށް ޖެއްސުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ޣައްޒާގެ ރައްޔިތުން ބުނި ގޮތުގައި، މިހާރު ޤާއިމުކުރެވިފައިވާ އެހީ ބެހުމުގެ މަރުކަޒުތަކަކީ ފަލަސްތީނުންނަށް މަރުގެ އަނދަވަޅެއް ކަމަށެވެ. އަދި އިންސާނީ އެހީދޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، ފަލަސްތީނު ރައްޔިތުންނަށް ދެ ގޮތަކުން ކުރެ އެއް ގޮތެއް މެނުވީ ނެތެވެ. އެއީ ބަނޑަށް މަރުވުން، ނުވަތަ ޣައްޒާ ހިއުމަނިޓޭރިއަން ފޯރަމް (ޖީއެޗްއެފް) އިން ހިންގާ އެހީ ބެހުމުގެ މަރުކަޒުތަކުން ލިބޭ މަދު މިންވަރުގެ ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރުމުގެ ތެރޭގައި މަރުވުމެވެ.

ރިޕޯޓުތަށް ބުނާގޮތުގައި މި ޖަމާޢަތަކީ ވަރަށް އަނދިރި އަދި ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ ޖަމާޢަތެކެވެ. މީގެ ފަހަތުގައި ތިބީ ކޮން ބައެއްކަމާއި، އަދި މުޅި މަޝްރޫޢުގެ އަސްލު ފަންޑިންގ ދިނީ ކޮން ފަރާތަކުންކަމާ މެދު ސުވާލު އުފެދިފައިވާކަމަށް ބުނެއެވެ.

ގިނަ ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަނީ އިސްރާއީލުގެ މައްޗަށެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި، އިސްރާއީލުގެ މަޤްޞަދަކީ ޣައްޒާގެ އެތެރެއަށް އަސްކަރީ ގޮތުން އިތުރަށް ވަދެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އިންސާނީ އެހީގެ ހުރިހާ ބެހުމެއް އަމިއްލަ ބާރުގެ ދަށަށް ގެނައުމެވެ. އަދި އެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލީ ސިފައިންގެ އަމުރަށް، ވޭތުވެދިޔަ މަހުގެ ތެރޭގައި އެހީ ހޯދުމަށް މަސައްކަތްކުރި 549 ފަލަސްތީނު ރައްޔިތުން ވަނީ މަރާލެވިފައެވެ.

- ކޮމެންޓް