ކ. މާލެ
|
25 ޖޫން 2025 | ބުދަ 11:15
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
މަޖިލިސް
މަޖިލިސް މަސައްކަތް
މަޖިލިސް އަވަހަށް ނިންމާލުން: '' ކޮންމެ ދުވަހަކު މެންދުރު ކެއުން ތައްޔާރުކުރާތީ ދެރަވޭ، މެންބަރުން ތިއްބަވަނީ ގޭގައި''
މަސައްކަތްތައް ހުރި ނަމަވެސް އެކަންކަން ކުރިއަށް ނުގެންގޮސް 10:30 ގައި މަޖިލިސް ނިންމާލާ
މަޖިލީހުގައި މަސައްކަތްތައް ކުރެވޭނެ ގޮތެއް ހޯދައިދިނުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް
ސަރުކާރުގެ މެންބަރުން ވަނީ މި ވާހަކަތައް ދޮގުކޮށް ވާހަކަދައްކަވާފައިވޭ

ރައްޔިތުންގެ މަޖިލިސް އަވަހަށް ނިންމާލައި، އިސްރާފު ބޮޑު ގޮތަކަށް ސަރުކާރު މެންބަރުން އަމަލުކުރާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގައި މެންބަރު ޝަމްހީދު ވިދާޅުވީ މަޖިލީހުގައި މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. މަސައްކަތްތައް ހުރި ނަމަވެސް އެކަންކަން ކުރިއަށް ނުގެންގޮސް 10:30 ގައި މަޖިލިސް ނިންމާލާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ މިގޮތަށް މަޖިލީހުގެ ރިޔާސަތުން އަމަލުކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މިއީ ހައްލު ކުރަންޖެހޭ ކަމެއް ކަަމަށެވެ. އަދި މަޖިލިސް ނިންމާލި ނަމަވެސް މެންދުރުގެ ކެއުން މަޖިލީހުގައި ހަމަޖައްސާ ކަމަށާއި، އެވަގުތު ހުރިހާ މެންބަރުން ތިއްބަވަނީ ގޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދެރަވާ ކަމެއް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ.

އަޅުގަނޑު ހަގީގަތުގައި ވެސް މަޖިލީހުގައި ހުރެފައި ދެރަވަނީ މެންދުރަށް މިތަނަށް ކާން ހަދާ ގަޑީގައި. ކޮންމެ ދުވަހަކު މެންބަރު މިތަނަށް ކާން ހަދާ ގަޑީގައި މި މަޖިލީހުގެ ހުރިހާ މަޖިލިސް ނިމިގެން ހުރިހާ އެންމެން ގޭގައި ތިބެނީ. ހަމަ ކޮންމެ ދުވަހަކު ހިނގާކަމެއް މިއީ މިހާރު. އެހެންވީމަ އަޅުގަނޑުމެންވެސް އެބަ ޖެހޭ އަޅުގަނޑުމެން ބޮޑު މުސާރަ ނަގައިގެން މަޖިލީހަށް އައިސް ތިބޭގަޑީގައި ކޮންމެވެސް މަސައްކަތެއް ކުރަން. ރައީސް ވެސް އެކަމަށް ކޮންމެވެސް ކަހަލަ އަޅުގަނޑުމެން އިއްވެ ތިން ހަތަރު ބިލް ހުއްޓާ ރައީސް މިހާތާގައި ވާހަކަ ދައްކަން މައުޟޫއުތައް ހުއްޓާ ހަމަ 10:30 ގައި ނިމިއްޖެ. އަޅުގަނޑުމެންގެ ކޮމެޓީތައް ވެސް މިހާރު އޮންނަނީ ހެނދުނު 9:30 ގައި. މަޖިލިސް ވެސް އޮންނަނީ އެގަޑީގައި. އަޅުގަނޑުމެންނަށް ވެސް ނޯވޭ. ކޮމެޓީއަށް ދަންޏާ ކޮމެޓީ މަޖިލިސް ވިއްޔާ މަޖިލިސް. ކޮންމެވެސް އެއްތަނެއް މިއޮންނަނީ. އެހެންވީމަ 10:30 ގައި ނިމޭ ގޮތަށް މިއަދު މަޖިލިސް ރޭވިފައި އޮތްކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ މަޖިލީހުގައި މަސައްކަތްތައް ކުރެވޭނެ ގޮތެއް ހޯދައިދިނުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އެގޮތަށް ކަންކަން ފަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ ސަރުކާރުގެ މެންބަރުން ވަނީ މި ވާހަކަތައް ދޮގުކޮށް ވާހަކަދައްކަވާފައެވެ.

އެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ހަގީގީ މަސައްކަތްތައް ކުރިއަށްދަނީ ކޮމެޓީތަކުގައި ކަމަށާއި، ކޮމެޓީތަކުގެ މަސައްކަތްތައް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 ނުވަތަ 4:00ށް ކުރިއަށްދާ ކަމަށެވެ.

- ކޮމެންޓް