ކ. މާލެ
|
24 ޖޫން 2025 | އަންގާރަ 13:24
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒު
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ދޭން ވިސްނަނީ
ރައީސް ޑރ. މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާޔަތެއް ދޭން ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ފަހު އެއާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓަރުންނަށް ދަންނަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ވަޒީރުންގެ މަޖިލީހަށް ރައީސް މުއިއްޒު ދެއްވީ 11 ދުވަހެވެ. މާސްޓާ ޕްލޭން ހުށަހަޅަން ދިން ސުންގަޑި ހަމަވީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެހެހން ނަމަވެސް އަދިވެސް އެ މާސްޓާ ޕްލޭން ހަދާފައެއް ނުވެ އެވެ. މާސްޓާ ޕްލޭނެއް ނުހެދި ނަމަވެސް ދުންފަތާ ދެކޮޅަށް ސަރުކާރުން ވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

- ކޮމެންޓް