ކ. މާލެ
|
23 ޖޫން 2025 | ހޯމަ 09:46
ގުޅީފަޅުން ބިން ލިބުނު މީހުންނަށް ބިން ހަވާލު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ: މިނިސްޓަރު ހައިދަރު
ގުޅީފަޅުން ބިން ލިބުނު މީހުންނަށް ބިން ހަވާލު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ: މިނިސްޓަރު ހައިދަރު
ރައްޔިތުންގެ މަޖިލިސް
މިނިމަމް ވޭޖް
މިނިމަމް ވޭޖް ރިވިއު ނުކުރެވިވާ ސަބަބާއި މެދު ސުވާލުކުރުމުން މިނިސްޓަރގެ ޖަވާބަކަށް ވެގެން ދިޔައީ "ކުރީ ސަރުކާރު"!
މިނިމަމް ވޭޖް ކަނޑައަޅާ އިރު ކުރަން ޖެހޭ ދިރާސާ ވަރަށް ބޮޑު ކަމަށާއި އެކަމާއި ގުޅުން ހުރި މަސައްކަތްތައް އަންނަ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވި
އައިއެލްއޯގެ ފަންނީ އެހީތެރިކަން ހޯދުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާނެ ކަމަށް ވަޒީރު ވިދާޅުވި

މިނިމަމް ވޭޖް ރިވިއު ނުކުރެވިވާ ސަބަބަކީ ކުރީ ސަރުކާރުން އެކަން ނުކޮށް ވުން ކަމަށް ދޭހަވާ މޭރުމަކުން ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވާހަކަދައްކަވައިފިއެވެ.

މިނިސްޓަރ އެފަދައިން ވާހަކަދައްކަވާފައި ވަނީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރ ކަނޑައަޅ ޢަދަދު ކޮންމެ ދެ އަހަރަކުން މުރާ ޖަޢާ ކުރަންވާނެކަމަށް ބަޔާންކޮށްފައި އޮތްއިރު ޖަނަވަރީ 2022 އިން ފެށިގެން މިހާތަނަށް، 3 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ކަމަށް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިނިމަމް ވޭޖް މުރާ ޖަޢާ ނުކޮށް ލަސްވަނީ ކީއްވެގެންތޯ މައުރޫފް ވަނީ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން މިނިމަމް ވޭޖް އެންމެ އަވަހަށް މުރ ޖަޢ ކޮށް މިނިމަމް ވޭޖް ބޮޑުކުރެވޭނީ ކޮންއިރަކުންތޯ ވެސް މައުރޫފް ސުވާލުކުރައްވާފައިވެއެވެ.

މިނިމަމް ވޭޖް ފުރަތަމަ ކަނޑައެޅީ، 8 ނޮވެމްބަރ 2021ގައި ކަމަށް ވުމާއި އެކު މިނިމަމް ވޭޖް މުރާޖައާ ކުަން ޖެހޭ ތާރީހަކީ 8 ނޮވެމްބަރު 2023 ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުން މިނިވަމް ވޭޖް ރިވިއު ނުކޮށް ވާތީ މިނިމަމް ވޭޖް ރިވިއު ބޯޑު އަލުން އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް މިނިމަމް ވޭޖް ތަންފީޒް ކުރަން ފެށީ 2022 ވަނަ އަހަރެވެ.

އެ ބޯޑު ޖުލައި 2024ގައި އެކުލަވާލާފައިވާ ކަމަށާއި، ކުރީ ބޯޑުގެ ލިޔުންތައް ހޯދުމަށް ވަގުތުކޮޅެއް ނެގިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އުޅުނު ފަންނީ މީހުން މަސައްކަތާއި ދުރަށް ގޮސްފައި ވާތީ އެ މަސައްކަތަށް ބޭނުންވާ ތަޖުރިބާ ހުރި މީހުން ހޯދުމަށް ދަތިތަކާއި ދިމާވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި އެކު މިދިޔަ އަހަރުގެ ފަހުކޮޅު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު އައިއެލްއޯގެ ފަންނީ އެހީތެރިކަން ހޯދުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ޕްރޮޕޯޒަލް އަށް މިދިޔަ މޭއި 20 ވަނަ ދުވަހު ޓެކްނިކަލް ނޯޓެއް އައިއެލްއޯ އިން ފޮނުވާފައިވާ ކަމަށް ހައިދަރު ވިދާޅުވެފައެވެ.

އައިއެލް އޯ އިން ލަފާ ދިނީ ދެ ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ. އެގޮތުން މިނިމަމް ވޭޖް ތަންފީޒް ކުރާ ގޮތާއި މަސައްކަތުގެ މައުލޫމާތާއި މަސައްކަތްތެރިންނާއި، ގޭބީސީތަކުގެ އާމްދަނީ ފަދަ މައުލޫމާތުތައް އެއްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ލޭބަރ ސަރވޭ ނިމުނުހާ އަވަހަކަށް މި މަސައްކަތް ކުރިއަށް ދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައަޅާ އިރު ކުރަން ޖެހޭ ދިރާސާ ވަރަށް ބޮޑު ކަމަށާއި އެކަމާއި ގުޅުން ހުރި މަސައްކަތްތައް އަންނަ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

ވަޒީރާއި އިތުރަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމާއި މެދު ގޮތެއް ކަނޑައެޅުމާއި، މަސައްކަތް ކުރުމަށް އެންމެ ގިނައިން ހޭދަކުރެވޭ ވަގުތު ކަނޑައެޅުމާއި މެދު މެމްބަރުން ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ވަޒީރު ވިދާޅުވީ ބޯޑުގައި ދިރާސާކުރުމަށް ފަހު އެކަންކަމާއި މެދު ގޮތެއް ނިމިގެންދާނެ ކަމަށެވެ.

- ކޮމެންޓް