ކ. މާލެ
|
20 ޖޫން 2025 | ހުކުރު 12:47
ގެދޮރުވެރިޔާގެ ފްލެޓުތައް
ގެދޮރުވެރިޔާގެ ފްލެޓުތައް
ސަން އޮންލައިން
ގެދޮރުވެރިޔާގެ ފްލެޓުތައް
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފުލެޓުތަކުގެ ނުނިމި ހުރީ 11 އިންސައްތަ މަސައްކަތް: އެފްޑީސީ
މިހާރު ކުރިއަށްދަނީ ޔުޓިލިޓީ މަސައްކަތްތައް
އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯއިން ވަކި ޚާއްސަ ޓީމުތަކެއް ނަގައިގެން މަސައްކަތްތައް ކުރިއަށް ގެންދޭ
ގެދޮރުވެރިޔާ ސްކީމްގެ ފުލެޓުތަކުގެ ފިނިޝިންގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފުލެޓުތަކުގެ ނުނިމި ހުރީ 11 އިންސައްތަ މަސައްކަތް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޓަވަރުތަކުގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުގައި ހުންނަވައި މީޑީއާތަކަށް ދެއްވި އިންޓަވވިއުއެއްގައި ހަމްދާން ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން 2،000 ފްލެޓު އަޅަން ހަވާލުކޮށްފައިވަނީ އެމްބީސީސީ އިންޑިޔާއާ ކަމަށާއި، އޭގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބާކީ 2،000 ފްލެޓު އަޅަން ހަވާލުކުރީ އިންޑިއާގެ ކޭޕީއައިއެލްއަށް ކަމަށާއި، އޭގެވެސް 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ހަމްދާން ވިދާޅުވީ މިހާރު ކުރިއަށްދަނީ ޔުޓިލިޓީ މަސައްކަތް ކަމަށެވެ.

އެގޮތުން އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯއިން ވަކި ޚާއްސަ ޓީމުތަކެއް ނަގައިގެން އެ މަސައްކަތްތައް ކުރިޔަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވިޔަސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން މި ސަރުކާރު މިޕްރޮޖެކްޓާ ހަވާލުވިއިރު މި ޕްރޮޖެކްޓްގެ ސްކޯޕުން ވަރަށް މުހިންމު ބޮޑެތި މަސައްކަތްތަކެއް އުނިކޮށްފައި. އޭގެ ތެރޭގައި އެބަ ހިމެނޭ މި ޓަވަރުތަކުގެ އެތެރޭގެ ފެން ވަޔަރު ކުރުން، ކަރަންޓު ވަޔަރު ކުރުން ހިމެނުނަސް ޓަވަރުތައް ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީ ވިއުގަ ގުޅުމަށް އެކުރަންޖެހޭ މަސައްކަތްތައް ވަނީ އުނިކުރެވިފައި. އެހެންވީމަ ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް އެބަދޭ އަޅުގަނޑުމެންނަށް ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީ ވަކިން ޚާއްސަ ޓީންތަކެއް ނަގައިގެން މަސައްކަތްތައް އެދަނީ ކުރިއަށް ގެންދަމުން. މިމަސައްކަތްތައް ސްކޯޕްގައި ނުހިމެނޭ އިތުރު މަސައްކަތްތައް ކޮށް މިތަންތަނަށް ވީހާވެސް އަވަހަށް ރައްޔިތުން މޫވް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް މިކުރަނީ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ހަމްދާން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ފުލެޓުތަކުގެ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން މަސައްކަތް ނިމުނު ޓަވަރުތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ.

- ކޮމެންޓް