ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 12:57
ނައިފަރު ފިހާރައަކުން ވައްކަން ކުރުން
ނައިފަރު ފިހާރައަކުން ވައްކަން ކުރުން
ޕޮލިސް
ވައްކަމުގެ މައްސަލަ
ނައިފަރު ފިހާރައަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ތަކެތި ފަޅު ގެއެއްގައި ވަޅުލާފައި ހުއްޓައި ހޯދައިފި
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ
ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ހޯދާފައިވޭ
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން

ޅ.ނައިފަރު ފިހާރައަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ތަކެތި ފަޅު ގެއެއްގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ، ނައިފަރު ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލަ މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ. އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން އެރޭ ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައިވާ ކަމަށެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކޮށްގެން ކަަމަށެވެ. އަދި ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް