ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 17:16
ސާޖިދާ މުހައްމަދު
ސާޖިދާ މުހައްމަދު
ސޯޝަލް މީޑިއާ
ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓް
ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގައި ބައިވެރިވުމަށް ސާޖިދާ ދުބާއީއަށް
ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާނެ

ހަތްވަނަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޔޫއޭއީގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ސަމިޓު އޮންނާނީ ޖޫން 18 އިން 19 އަށެވެ. އަދި މި ސަމިޓުގެ އިފްތިތާހީ ބައްދަލުވުމާއި ބައެއް ކޮމިޓީ ސެޝަންތަކުގައި ސާޖިދާ ވާހަކަ ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި ސަމިޓުގައި މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި "މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ"ގެ 11 ވަނަ އެޑިޝަނަށް ފަހު މާކް ފައުންޑޭޝަނާއެކު މިހާރު ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ސާޖިދާ އަށްވަނީ، މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފަ އެވެ. އަދި އެ ރޯލަށް އެހެން ބައެއް ގައުމުތަކުގެ ފަސްޓް ލޭޑީން ވެސް އެ ފައުންޑޭޝަނުން ހަމަޖައްސާފައި ވެ އެވެ. އޭގެ ތެރޭގައި، އެންގޯލާ، ބުރުންޑީ، ބޮސްވާނާ، ކޮންގޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ގެބޯން، ގެމްބިއާ، ގާނާ، ކެންޔާ، ލައިބީރިއާ، މަލާވީ، މޮޒަމްބީކު، ނައިޖީރިއާ، ސެނަގާލް، ސިއެރަލިއޯން، ޒެމްބިއާ އަދި ޒިމްބާބުވޭގެ ފަސްޓް ލޭޑީން ހިމެނެ އެވެ.

ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

- ކޮމެންޓް