އިރާނުގެ މީޑިއާ ރިޕޯޓުތަކުގެ ވާ ގޮތުން، އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ) ގެ އެއަރޯ ސްޕޭސް ޑިވިޜަނުން ހޮނިހިރު ދުވަހު 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3' ގެ ހޮނިހިރު ދުވަހުގެ ރޭގެ ހަމަލާތަކުގައި އެކި ބާވަތުގެ އެޑްވާންސްޑް މިސައިލް ސިސްޓަމްތައް ބޭނުން ކުރިއެވެ.
"އިތުބާރުހުރި މަސްދަރު" އަކަށް ހަވާލާދީ، މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ އިސްރާއީލުން ހިސޯރު ކޮށްފައިވާ ހައިފާ އަދި ތެލް އަވީވް ސިޓީ ތަކަށް އަމާޒުކޮށް ހޮނިހިރު ދުވަހުގެ ރޭ ފޮނުވާލި މިސައިލް ތަކުގެ ތެރޭގައި އިމާދު، ޣަދުރު އަދި ޚައިބަރު ޝެކަން ހިމެނޭ ކަމަށެވެ.
އިމާދު ބެލިސްޓިކް މިސައިލް އަކީ ޣަދުރުގެ އަޕްގްރޭޑް ކުރެވިފައިވާ ވޭރިއަންޓެކެވެ. މިއީ އިތުރަށް ގައިޑެންސް އަދި އެކިއުރަސީ ރަނގަޅު ކުރެވިފައިވާ މިސައިލްއެކެވެ. މި މިސައިލް ޓެސްޓުކޮށް ކޮމިޝަން ކުރެވުނީ 2015 ގެ ފަހުކޮޅުގައެވެ.
މި މިސައިލްގައި އަލަށް ހިމަނާފައިވާ ޑިޒައިން ސިފަތަކުގެ ތެރޭގައި އަރިއަރި އަށް އެނބުރުމުގެ ގާބިލުކަން ލިބިފައިވާ ވޯހެޑެއް ހިމެނެއެވެ. މި ވޯހެޑުގެ ބޭސްގައި ކޮތަރި ބަރި އެއް ހުރެއެވެ. މިއީ ޖައްވުގެ ތެރެއަށް އަނބުރާ ވަދެ، އަމާޒަށް ދިއުމަށް ހުންގާން ހިފުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.
އިރާނުގެ މިލިޓަރީ އޮފިޝަލުން ބުނާގޮތުގައި އިމާދު އަކީ އަމާޒަށް ވާސިލު ވަންދެން ފުލް ގައިޑެންސް އަދި ކޮންޓްރޯލް ކުރެވޭ މިސައިލްއެކެވެ. މިއީ އިރާނުގެ ފުރަތަމަ ޕްރެސިޝަން-ގައިޑެޑް މިސައިލްއެވެ.
ލިކުއިޑް ފިއުލްއިން ހަކަތަ ލިބޭ އިމާދު މިސައިލްގެ ދިގުމިނަކީ 15.5 މީޓަރެވެ. ބަރުދަނަކީ 1،750 ކިލޯގްރާމެވެ. މި މިސައިލްގެ ރޭންޖަކީ 1،700 ކިލޯމީޓަރެވެ.
ޣަދުރު މިސައިލް ތަޢާރަފު ކުރެވުނީ 2005 ގައެވެ. މިއީ 2003 އިން ފެށިގެން އިރާނުގެ އަސްކަރިއްޔާ އިން ބޭނުންކުރަމުން އަންނަ ޝަހާބް-3 މީޑިއަމް-ރޭންޖް ބެލިސްޓިކް މިސައިލްގެ ފެންވަރު މަތި ކުރެވިފައިވާ ވާޝަން އެކެވެ.
މިއީ ދެ ސްޓޭޖް ރޮކެޓެކެވެ. މީގެ ފުރަތަމަ ސްޓޭޖްގައި ލިކުއިޑް-ފިއުލްޑް އިންޖީނެއް ބޭނުން ކުރެއެވެ. ދެވަނަ ސްޓޭޖްގައި ސޮލިޑް-ފިއުލްޑް އިންޖީނެއް ބޭނުން ކުރެއެވެ. މި މިސައިލް އުފައްދާފައި ވަނީ ތިން ބާވަތެއްގެ މިސައިލުގެ ގޮތުގައެވެ. އެއީ 1،350 ކިލޯމީޓަރުގެ ރޭންޖް ހުންނަ ޣަދުރު-އެސް، 1،650 ކިލޯމީޓަރުގެ ރޭންޖް ހުންނަ ޣަދުރު-އެޗް، އަދި 1،950 ކިލޯމީޓަރުގެ ރޭންޖް ހުންނަ ޣަދުރު-އެފް އެވެ.
މި މިސައިލްގެ ދިގުމިނަކީ 15.86 މީޓަރާއި 16.58 މީޓަރާ ދެމެދުގެ އަދަދެކެވެ. އޭގެ އެއަރފްރޭމްގެ ޑައިމީޓަރަކީ 1.25 މީޓަރެވެ. ޣަދުރުގެ ބަރުދަނަކީ 15 ޓަނާއި 17.5 ޓަނާ ދެމެދުގެ އަދަދެކެވެ.
ޝަހާބް-3 އާ އަޅާ ބަލާއިރު މި މިސައިލްގެ ދިގުމިން އިތުރުވެފައި ވަނީ ބޮޑުކުރެވިފައިވާ ފިއުލް އަދި އޮކްސިޑައިޒަރ ޓޭންކުތަކަށް ޖާގަ ދިނުމަށެވެ. މިގޮތުން އިތުރު 1،300 އިން 1،500 ކިލޯގްރާމުގެ ޕްރޮޕެލަންޓް މި މިސައިލަށް އުފުލޭނެއެވެ.
މި އިތުރުވާ ބަރުދަން އޮފްސެޓް ކުރުމަށްޓަކައި، މިސައިލްގެ އެއަރފްރޭމް އުފައްދާފައި ވަނީ ލުއި އެލުމިނިއަމް އެލޮއި ބޭނުން ކޮށްގެން ނެވެ. މިގޮތުން އޯލް-ސްޓީލް ޑިޒައިނާ އަޅާ ބަލާއިރު 600 ކިލޯގްރާމުގެ އިނަރޓް ވެއިޓް މަދު ކުރެވިފައިވެއެވެ.
ވޯހެޑުގެ ބަރުދަން 1،000 ކިލޯގްރާމުން 650 ކިލޯގްރާމަށް ކުޑަކުރެވިފައިވެއެވެ. މިގޮތުން މިސައިލްގެ ރޭންޖް 1،200 ކިލޯމީޓަރުން ގާތްގަނޑަކަށް 2،000 ކިލޯމީޓަރަށް އިތުރު ކުރެވިފައި ވެއެވެ.
ޣަދުރުގައި އަލުން ފަރުމާ ކުރެވިފައިވާ "ބޭބީ-ބޮޓްލް" ވޯހެޑް ޑިޒައިނެއް ހިމެނެއެވެ. މިއީ އެރޯޑައިނަމިކްސް އަދި ޕްރެސިޝަން ރަނގަޅު ކުރުމަށް ބޭނުންކުރެވޭ ޑިޒައިނެކެވެ. އެޑްވާންސްޑް ގައިޑެންސް ސިސްޓަމަކާއެކު، މި ޑިޒައިނުން ސީއީޕީ 2،500 މީޓަރުން 100 އާއި 300 މީޓަރާ ދެމެދުގެ އަދަދަކަށް ކުޑަކުރެވިފައިވެއެވެ.
ޚައިބަރު ޝެކަން މިސައިލް އަކީ މުހިންމު ތަންތަނަށް ހަމަލާ ދިނުމަށް ޑިޒައިން ކުރެވިފައިވާ މީޑިއަމް-ރޭންޖް ބެލިސްޓިކް މިސައިލެކެވެ. މި މިސައިލް ކުރީގެ ހަނގުރާމަ ތަކުގައި އޭގެ ވަރުގަދަކަން ދައްކާފައި ވެއެވެ.
ޚައިބަރު ޝެކަން-1 އަދި ޚައިބަރު ޝެކަން-2 ވޭރިއަންޓް ތަކަކީ، އެރޯ-3 އަދި ޑޭވިޑްސް ސްލިންގް ފަދަ އިސްރާއީލުގެ އެޑްވާންސް އެއަރ ޑިފެންސް ސިސްޓަމްތައް ފަޅާލައިގެން ވަދެވޭ މިސައިލްތަކެއް ކަމަށް ރިޕޯޓު ކުރެވިފައި ވެއެވެ.
ގާތްގަނޑަކަށް 1،450 ކިލޯމީޓަރު (900 މޭލު) ގެ ރޭންޖެއް ހުންނަ ކަމަށް ލަފާކުރެވޭ ޚައިބަރު ޝެކަން އަށް ކޮންވެންޝަނަލް ނުވަތަ ނޮން-ކޮންވެންޝަނަލް ވޯހެޑްތައް އުފުލޭނެއެވެ. މިއީ މި މިސައިލް ވަކިން ޚާއްޞަކޮށް ނުރައްކާތެރި އެއްޗަކަށް ހަދާ ސިފައައެކެވެ.
މި މިސައިލް ބޭނުން ކުރަނީ އެޑްވާންސްޑް ގައިޑެންސް ޓެކްނޮލޮޖީއެވެ. މީގެ ތެރޭގައި މެނޫވަރަބަލް ރީއެންޓްރީ ވެހިކަލްތައް ހިމެނެއެވެ. މިއީ މިސައިލް ޑިފެންސް ސިސްޓަމް ތަކުން ސަލާމަތް ވުމަށް ޑިޒައިން ކުރެވިފައިވާ މިސައިލެކެވެ. މި މިސައިލް ދުއްވަނީ ދެ ސްޓޭޖް ސޮލިޑް-ފިއުލް އިންޖީނަކުންނެވެ. މިއީ ލިކުއިޑް-ފިއުލްޑް މިސައިލްތަކާ އަޅާބަލާ އިރު އަވަހަށް ދޫކޮށްލެވޭ މިސައިލެކެވެ.
މި މިސައިލް ޑިޒައިން ކުރެވިފައި ވަނީ ސްޓްރެޓީޖިކް، ހައި-ވެލިއު އަމާޒުތަކަށް ޕްރެސިޝަނާއެކު ހަމަލާ ދިނުމަށެވެ. މިސާލަކަށް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ އަދި ދުޝްމަނުންގެ ސަރަޙައްދުގެ އެންމެ އެތެރޭގައި ހުންނަ މިލިޓަރީ ބޭސްތަކަށް ހަމަލާދިނުމަށެވެ.