އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ ފޯނާއި ލެޕްޓެޕް ފުލުހުން ހިފަހައްޓައިފިއެވެ.
ނަބީލް އަކީ ޓިކްޓޮކްގައި ޔާޔާ ނަބީލްގެ ނަމުގައި އެކައުންޓެއް ހިންގާ މީހެކެވެ. އަދި އޭނާ އިޖްތިމާއީ މިންގަނޑާއި ޚިލާފުވުމުގެ ތަފާތު މައްސަލަތައް އެކިފަހަރު މަތިން ވަނީ ފެންމަތިވެފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ މޭއި މަހުގެ 27 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރުމަށްފަހުގައެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން މީޑިއާތަކާއި މެސެޖުގައި ބުނެފައި ވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ނަބީލްގެ ލެޕްޓޮޕާއި ފޯނު އެއިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 39 އަހަރުގެ ނަބީލް އަކީ މީގެ ކުރިން ވެސް އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ހިއްސާ ކުރުމުގެ މައްސަލައިގައި ތަކުރާރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރުމަށް ފަހު ފަހުން އޭނާ ބަންދުން ބަންދުން ދޫކޮށްލައެވެ.