ކ. މާލެ
|
13 ޖޫން 2025 | ހުކުރު 09:10
ބަޖެޓް ކެރިއާ ފްލައިޑުބާއީ
ބަޖެޓް ކެރިއާ ފްލައިޑުބާއީ
އޭއެފްޕީ
އިސްރާއީލް-އީރާން ހަމަނުޖެހުން
އިސްރާއީލުން އީރާނަށް ދިން ހަމަލާ އާ އެކު ވައިގެ ސަރަހައްދުތައް ބަންދު ކޮށް، ފްލައިޓް ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް
ބަޖެޓް ކެރިއާ ފްލައި ޑުބާއީ އިން ބުނީ އައްމާން، ބެއިރޫތު، ދިމިޝްގު، އީރާން އަދި އިސްރާއީލަށް ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށާއި އިތުރު ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް، ރީރޫޓްކޮށް ނުވަތަ ފުރައިގެން ދިޔަ އެއާޕޯޓްތަކަށް އެނބުރި ގޮސްފައިވާ ކަމަށެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާ އާ އެކު މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވައިގެ ސަރަހައްދުތައް ބަންދު ކޮށް، ފްލައިޓް ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލު، އީރާން އަދި އިރާގުގެ ވައިގެ ސަރަޙައްދުތަކުން މަތިންދާބޯޓު ތައް އުދުހުން ވަނީ ހުއްޓާލާފައެވެ. މި ފިޔަވަޅު އެޅީ އިސްރާއީލުން އީރާނުގެ އެކި ތަންތަނަށް ހަމަލާދިނުމާ ގުޅިގެންނެވެ.

ފްލައިޓްރަޑާ24ގެ ޑޭޓާއިން ދައްކާގޮތުގައި، ފަސިންޖަރުންނާއި މުވައްޒަފުން ރައްކާތެރިކުރުމަށްޓަކައި މަތިންދާބޯޓު ކުންފުނިތަކުން ވަނީ ދަތުރުތަކުގެ ރޫޓު ބަދަލުކޮށް އަދި ބައެއް ފްލައިޓްތައް ކެންސަލް ވެސް ކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާ ހަނގުރާމައިގެ ހާލަތުގެ ސަބަބުން މަތިންދާބޯޓު ކުންފުނިތަކުގެ ހިންގުމަށާއި ވިޔަފާރިއަށް އިތުރު ތަކުލީފަކަށް ވެފައިވާއިރު، މިއީ ސަލާމަތާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ކަމަކަށްވެސް ވެފައިވެއެވެ.

އޭވިއޭޝަން ރިސްކް ކޮންސަލްޓަންސީ އޮސްޕްރޭ ފްލައިޓް ސޮލިއުޝަންސްގެ މަޢުލޫމާތު ދައްކާގޮތުގައި، 2001 އިން ފެށިގެން 6 ކޮމާޝަލް މަތިންދާބޯޓު ވަނީ ގަސްތުގައި ނޫންގޮތަކަށް ވައްޓާލާފައެވެ.

އިސްރާއީލުން ހުކުރު ދުވަހު ބުނެފައިވަނީ އެ ޤައުމުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށާއި، ބެލިސްޓިކް މިސައިލް ފެކްޓަރީތަކަށާއި، އަސްކަރީ ކޮމާންޑަރުންނަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މިއީ ދިގު މުއްދަތަކަށް ކުރިއަށްދާނެ އޮޕަރޭޝަނެއްގެ ފެށުން ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މި އޮޕަރޭޝަންގެ މަޤްޞަދަކީ ތެހެރާނުން އެޓޮމިކް ހަތިޔާރެއް އުފެއްދުން ހުއްޓުވުން ކަމަށް ވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

ހަމަލާތަކާ އެކު ތެލްއަވީވުގެ ބެން ގޫރިއަން އެއަރޕޯޓް ވަނީ އިތުރު އެންގުމެއް އަންގަންދެން ބަންދުކޮށްފައެވެ. އަދި އިސްރާއީލުގެ ވައިގެ ދިފާޢީ ޔުނިޓްތައް ވަނީ އީރާނުން ދީފާނެ ރައްދު ހަމަލާ އަކަށްޓަކައި ސަމާލު ކަމަށް ގެނެސްފައެވެ.

އިސްރާއީލުގެ ދިދަ އުފުލާ އެލް އަލް އެއަރލައިންސް އިން ބުނެފައިވަނީ އިސްރާއީލަށް އަންނަ އަދި އިސްރާއީލުން ފުރާ ފްލައިޓްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އީރާނުގެ ވައިގެ ސަރަޙައްދު ވަނީ އިތުރު އެންގުމަކާ ހަމައަށް ބަންދުކޮށްފައި ކަމަށް އެ ޤައުމުގެ ސަރުކާރުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވެއެވެ.

އީރާނަށް ހަމަލާދިން ކަމުގެ ރިޕޯޓުތައް ނުކުތް ވަގުތު، ދުބާއީގެ އެމިރޭޓްސް، ލުފްތަންޒާ އަދި އެއަރ އިންޑިއާ ފަދަ އެތައް ކޮމާޝަލް ފްލައިޓްތައް އީރާނުގެ މަތީގައި ދަތުރުކުރަމުން ދިޔައެވެ.

އިރާގުން ހުކުރު ދުވަހުގެ ފަތިހު އެ ޤައުމުގެ ވައިގެ ސަރަޙައްދު ބަންދުކޮށް، އެއަރޕޯޓުތަކުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާފައިވާ ކަމަށް އިރާގު ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

އީރާނާ އިންވެގެން އޮންނަ އިރާގުގެ އިރުމަތީ ސަރަޙައްދަކީ ދުނިޔޭގެ އެންމެ ބިޒީ އެއް ވައިގެ މަގެވެ. މި ސަރަޙައްދުގައި ކޮންމެ ވަގުތެއްގައިވެސް ޔޫރަޕާއި ގަލްފު ސަރަޙައްދާ ދެމެދު އެތައް ފްލައިޓެއް ދަތުރުކުރެއެވެ. މީގެ ތެރޭގައި އޭޝިއާއިން ޔޫރަޕަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ހިމެނެއެވެ.

ފްލައިޓް ޓްރެކިންގ ޑޭޓާއިން ދައްކާގޮތުގައި ފްލައިޓްތައް މެދުތެރޭ އޭޝިއާ ނުވަތަ ސަޢޫދީ ޢަރަބިއްޔާގެ މަތިން ދަތުރުކުރުމަށް ބަދަލުކުރަމުން ވަނީ ގެންގޮސްފައެވެ.

ހުކުރު ދުވަހުގެ ފަތިހު ދުބާއީގައި ޖައްސަން ހަމަޖެހިފައިވާ އެތައް ފްލައިޓެއް ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. މެންޗެސްޓަރުން ދުބާއީއަށް އަންނަ އެމިރޭޓްސްގެ ފްލައިޓެއް ވަނީ އިސްތަންބޫލަށް ބަދަލުކޮށްފައެވެ. އަދި ބެލްގްރޭޑުން އަންނަ ފްލައިދުބާއީގެ ފްލައިޓެއް ވަނީ އަރުމީނިއާގެ ޔެރެވާނަށް ބަދަލުކޮށްފައެވެ.

ބަޖެޓް އެއަރލައިން ފްލައިދުބާއީ އިން ބުނެފައިވަނީ އައްމާން، ބެއިރޫތު، ދިމިޝްޤު، އީރާން އަދި އިސްރާއީލަށް ދަތުރުކުރާ ފްލައިޓްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެހެން އެތައް ފްލައިޓެއް ވަނީ ކެންސަލްކޮށް، މަގު ބަދަލުކޮށް ނުވަތަ ފުރި ތަނަށް އަނބުރާ ގޮސްފައެވެ.

- ކޮމެންޓް