ކ. މާލެ
|
11 ޖޫން 2025 | ބުދަ 22:14
އިންސާނީ އެހީ ހޯދުމަށް ނެޓްޒަރިމް ސަރަހައްދުގައި އުޅުނު ބައެއްގެ ތެރެއަށް އިސްރާއީލުން ބަޑި ޖެހުމުގެ ސަބަބުން ފުރާނަ ގެއްލުނު ފަލަސްތީނު ބައެއްގެ ޖަނާޒާގައި އާއިލާގެ މެމްބަރަކު ހިތާމަ ކުރަނީ  - ޖޫން 10، 2025
އިންސާނީ އެހީ ހޯދުމަށް ނެޓްޒަރިމް ސަރަހައްދުގައި އުޅުނު ބައެއްގެ ތެރެއަށް އިސްރާއީލުން ބަޑި ޖެހުމުގެ ސަބަބުން ފުރާނަ ގެއްލުނު ފަލަސްތީނު ބައެއްގެ ޖަނާޒާގައި އާއިލާގެ މެމްބަރަކު ހިތާމަ ކުރަނީ - ޖޫން 10، 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
އިސްރާއީލްގެ ހަމަލާތަކުން ޣައްޒާ ގައި 24 ގަޑިއިރުތެރޭ 120 މީހުން ޝަހީދު ވެއްޖެ
އެހީ ހޯދަން އުޅުނު ފަރާތްތަކުގެ ތެރެއިން ބުދަ ދުވަހު އެކަނި 57 މީހުން ޝަހީދުވެ، 363 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުން 24 ގަޑިއިރުތެރޭ މަދުވެގެން 120 ފަލަސްތީނު މީހުން ޝަހީދު ވެއްޖެއެވެ.

އޭގެ އިތުރުން ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިސްރާއީލުގެ ހަމަލާތަކުން މަދުވެގެން 474 މީހުން ޒަހަމްވެފައިވެއެވެ. މީގެ އިތުރުން ކުރިން ޝަހީދުވެފައިވާ 3 މީހުންގެ ހަށިގަނޑު ވެސް ވަނީ ފެނިފައެވެ.

އެހީ ހޯދަން އުޅުނު ފަރާތްތަކުގެ ތެރެއިން ބުދަ ދުވަހު އެކަނި 57 މީހުން ޝަހީދުވެ، 363 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. މިއާއެކު އެހީ ބެހުމުގެ މަރުކަޒުތަކުގައި ޝަހީދުވި މީހުންގެ އަދަދު 224 އަށް އަރާފައި ވާއިރު، 1,858 މީހުން ވަނީ ޒަހަމްވެފައެވެ.

ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި "އިންޒާރުގެ ބަޑި" ޖަހާފައިވާކަން އިސްރާއީލު ސިފައިން ވަނީ އެއްބަސްވެފައެވެ. އަދި މި ސަރަހައްދުގައި މީހުން ޒަހަމްވެފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި މި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިސްރާއީލުން ހިންގާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 55,104 ފަލަސްތީނު މީހުން ޝަހީދުވެ، 127,394 މީހުން ވަނީ ޒަހަމްވެފައެވެ.

- ކޮމެންޓް