ކ. މާލެ
|
7 ޖޫން 2025 | ހޮނިހިރު 15:58
ޔަމަނުގެ ވެރިރަށް ސަނާ ގެ މަޝްހޫރު މައިދާނެއްގައި ޑިސްޕްލޭ ކޮށްފައިވާ ޑްރޯންތަކުގެ ދަށުން ހަތިޔާރު އެޅި މީހަކު ހިނގާފައި ދަނީ -14 މެއި 2025
ޔަމަނުގެ ވެރިރަށް ސަނާ ގެ މަޝްހޫރު މައިދާނެއްގައި ޑިސްޕްލޭ ކޮށްފައިވާ ޑްރޯންތަކުގެ ދަށުން ހަތިޔާރު އެޅި މީހަކު ހިނގާފައި ދަނީ -14 މެއި 2025
ގެޓީއިމޭޖަސް
އިސްރާއީލް-ޔަމަން ހަމަނުޖެހުން
ޔަމަނުން އިސްރާއީލުގެ އަމާޒުތަކަށް އަނެއްކާ ވެސް މިސައިލް ހަމަލާ އެއް ދީފި
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މި ހަމަލާ އާ ގުޅިގެން ހޮނިހިރު ދުވަހުގެ ފަތިހު އިސްރާއީލުން ހިފާފައިވާ ބިންތަކުގެ ސަރަހައްދުތަކުގައި އެއަރ ރެއިޑް ސައިރަން ވަނީ އިއްވާފައެވެ.

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގެ ތެރޭގައިވާ މުހިންމު ތަންތަނަށް އަމާޒު ކޮށް މިސައިލް ޙަމަލާއެއް ދީފިއެވެ. މިއީ ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ދައުލަތުން ދެމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް ރައްދު ދިނުމުގެ ގޮތުން ދިން ޙަމަލާ އެއް ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހު އިސްރާއީލުން ހިފާފައިވާ ބިންތަކުގެ ސަރަހައްދުތަކުގައި އެއަރ ރެއިޑް ސައިރަން އިއްވާފައިވެއެވެ.

މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި މިސައިލް ޙަމަލާގެ ސަބަބުން އެ ސަރަހައްދުތަކުގައި ގަވައިދާ ޚިލާފަށް ވަޒަންވެރިގެން އުޅޭ އިސްރާއީލުގެ އެތައް ހާސް މީހުން ރައްކައުތެރި ސަރަހައްދުތަކަށް ސަލާމަތް ހޯދަން އުޅެން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގި އިރު، މީގެ ދުވަސްކޮޅެއް ކުރިން ޔަމަނުގެ ސިފައިން ވަނީ ޓެލް އަވީވްގެ ދެކުނު-އިރުމަތީގައި އޮންނަ ބެން ގުރިއަން އެއަރޕޯޓަށް "ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް ޙަމަލާ އެއް" ދިން ކަމަށް ބުނެފައެވެ.

"މި އޮޕަރޭޝަން ހިންގީ ޣައްޒާ ގައި ފަލަސްތީން ރައްޔިތުން ބަނޑަށް ޖައްސައި، ބޯ ފެނަށް ޖެއްސުމުގެ ޖަރީމާ އާއި، ބެއިރޫތުގެ ދެކުނު ފަރާތުގެ ރަށްވެހި ސަރަޙައްދުތަކަށް ދުޝްމިނުން ދިން ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ،" މޔަމަނުގެ ސިފައިންގެ ތަރުޖަމާނު، ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސާރީ ވިދާޅުވިއެވެ. އޭނާގެ ބަޔާން ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޔަމަނުގެ އަލް-މަސީރާ ޓީވީން ނެވެ.

"ޣައްޒާ އަށް ދެމުންދާ ޙަމަލާތަކާއި ބްލޮކޭޑް ހުއްޓެންދެން އަޅުގަނޑުމެން ޣައްޒާ އާ އެކު ތިބޭނަމެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ އެމީހުންގެ އެންޓި-އެއަރ މިސައިލް ސިސްޓަމްތަކުން ޔަމަނުން ފޮނުވި މިސައިލެއް އިންޓަރސެޕްޓް ކުރެވުނު ކަމަށެވެ.

- ކޮމެންޓް