ކ. މާލެ
|
6 ޖޫން 2025 | ހުކުރު 12:03
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަތުން
31.05.2025
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަތުން 31.05.2025
ރައީސް އޮފީސް
ޙައްޖު 1446
ހައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް، ސައޫދީ ރަސްގެފާނަށާއި ވަލީއަހުދަށް ރައީސްގެ ޚާއްސަ ޝުކުރު
މި އިހްސާންތެރި ޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވޭ
ދިވެހި ހައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސައޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުން
ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ހައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް އިތުރަށް ފަހިވެފައިވޭ

ހައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ގަސްދުކޮށްގެން ސައޫދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދެއްވާ ޚާއްސަ މެހެމާންދާރީއާއި ޚިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށް ޓަކައި، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި، އެ ގައުމުގެ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދާކުރައްވައިފިއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓުން، އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސައޫދީ އަރަބިއްޔާގެ މި އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ޚިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައެވެ.

ރައީސްގެ މި ޕޯސްޓުގައި، ސައޫދީ އަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީގު އަބަދުމެ ދެއްވުން އެދި ދުއާ ކުރައްވާފައި ވެއެވެ. އަދި މި އިހްސާންތެރި ޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.

ސައޫދީ އަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސްގެ މި ޕޯސްޓުގައި ކުރައްވާފައިވާ ދުއާގައި، ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ދިގު އުމުރުފުޅަކާއި، ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތަށް އެދިވަޑައިގެންފައި ވެއެވެ. އަދި ހަސަދަވެރީންނާއި، ޚިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސައޫދީ އަރަބިއްޔާ ސަލާމަތްކޮށްދެއްވައި، އެ ގައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، އައްޒަތްތެރިކޮށްދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ދިވެހި ހައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސައޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ. ވަކީން ޚާއްސަކޮށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްސަ ހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ހައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ހައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.

- ކޮމެންޓް