Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 13:01
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ރައީސް އޮފީސް
މިނިވަން ދުވަސް
"ވެރިކަމަށް އާއިރު އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 6 މަސް، ބިންގާ އެކަނި އަޅާފަ އޮތީ": ރައީސް ޞާލިޙު
ހުވާ ކުރުމުގެ ކުރިން ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ގެ ދައުވަތަކަށް ސައުދީ އަށް ދަތުރު ކުރެވުނު
އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމުމަށް ފައިސާގެ ގޮތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭން ސައުދީން އޮތީ ތައްޔާރަށް
ރައީސް ޞާލިހް ވިދާޅުވީ ފައިސާގެ ވާހަކަ އަކީ ރައީސް ޔާމީން އަބަދުވެސް ވަރަށް ގަޔާވާ ވާހަކައަކަށް ވާތީ އެވާހަކަ އަބަދުވެސް ދައްކަވާނެ ކަމަށް

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް އާއިރު އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮއްނަތާ 6 މަސް ވެފައިވާ ކަމަށާއި އެއާޕޯޓުގައި ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ބިންގާ އެޅުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު ރާއްްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމް އަށް ދެއްވި ފޯނު އިންޓަވިއުއެއްގަ ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވެރިކަމަށް އާއިރު އެއްވެސް މަސައްކަތެއް ނުހިނގާ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 6 މަސް ދުވަސް ވެފައިވާ ކަމަށާއި ވެރިކަމަށް އައިސް ފުރަތަމަވެސް ޖެހުނީ އެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަން ކަމަށެވެ.

މެލޭޝިޔާގައި ހުންނަވާ ރައީސް ޞާލިޙް ވިދާޅުވީ، ހުވާ ކުރުމުގެ ކުރިން ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ގެ ދައުވަތަކަށް ސައުދީ އަށް ދަތުރު ކުރެވުނު ކަމަށާއި އެ ދަތުރުގައި ބައްދަލުކުރައްވާ ވިދާޅުވި އެއްވާހަކައަކީ އެއާޕޯޓު ނިންމުމައްޓަކައި ފައިސާގެ ގޮތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭން ތައްޔާރަށް ތިބިކަމުގެ ވާހަކައެވެ.

އަޅުގަނޑުމެން އާއިރުގައި ބައެއް އެގްރިމެންޓުތަކުގައި ފައިސާ ހޯދަން ހުރީ ސޮއި ކޮށްފަ، އެހެން ނަމަވެސް އެއްވެސް ފައިސާއެއް އަދި ރިލީސް އެއް އަޅުގަނޑަކަށް ޔަގީން ވާގޮތަކަށް ނެތް ކޮށްފައެއް، ކޮންމެ އަކަށް އެ މަސައްކަތްތައް ހުއްޓިފައި އޮތީ އެރު މަސައްކަތް ހަވާލުކޮށްފަ އޮތް ސައުދީ ބިންލާދިން ގުރޫޕައް ދިވެހި ސަރުކާރަ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށް އަޅުގަނޑަށް ފަހުމު ވަނީ، އެއީ އޭރު އެމީހުން ކޮށްފައި ހުރި މަސައްކަތް ތަކަށް ފައިސާ ނުދިނުމުގެ ޝަކުވާތަކެއް ކޮށްފައި ހުރީ، ދެން އެހެން ވީމާ އެއާއި ގުޅިގެން ދިވެހި ސަރުކާރުން ރައީސް ޔާމީނު ގެ ސަރުކާރުން މަސައްކަތް ކުރުއްވަމުން ގެންގޮއްސަ އޮތީ ސައުދީ ބިންލާދިންނާ އެކީގައި ހަދާފައޮތް އެގްރިމެންޓް ބާތިލުކޮށްލަން ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ،

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު

ރައީސް ޞާލިހު ވިދާޅުވީ، ސައުދީ އަށް ކުރި ދަތުރުގައި އެބޭފުޅުން ފުރަތަމަ ކަމަކަށް ވިދާޅުވީ ސައުދީ ބިންލާދިން ގުރޫޕާއެކީގައި ހަދާފައިވާ އެގްރިމެންޓު ބާތިލު ނުކުރުމަށާއި އެގޮތައް ކުރިއަށް ދާނަމަ އެބޭފުޅުން މި ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ބޭނުންވާ ފައިސާ ހޯދަދޭން ބުނިކަމަށް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ، އޭރު ރައްޔިތުން މަޖިލީހުގެ ކެމްޕެއިނަކަށް އެބޭފުޅުން ދިން އެއްވެސް ފައިސާއެއް ނަގާފައެއް ނޯންނާނެ ކަމަށާއި އިތުރު ބައެއްގެ އަތުންވެސް މަޖިލިސް ކެމްޕެއިނަކަށް ފައިސާ ނުނަގާ ކަމަށެވެ. 300 މިލިއަން ޑޮލަރު ނަގައިގެން ހޭދަކުރި ކަމަށް ބުނެ ދައްކާ ވާހަކަ ދޮގުކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ، ހުރިހާ ކަމަކަށް ކުރި ޚަރަދުތަކުގެ ތަފްސިލުތައް ފެންނަން ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި އެޑިޝަނަލް ކޮސްޓުގެ ގޮތުގައި މުޅި ތަނުގެ އޭސީ ސިސްޓަމް ބަދަލުކުރަން ޖެހުނު ކަމަށާއި އެތަނުގެ ހޫނުމިން ދަށްކުރުމައްޓަކައި އިތުރަށް ކުރަންޖެހުނު މަސައްކަތްތައް ދިޔަ ހަރަދު ހުންނާނެ ކަމަށެވެ. އޭގެ އިތުރަށް އެއާޕޯޓު މެނޭޖުމެންޓް ސިސްޓަމް އޭގެ ތެރޭގައި ހިމަނަން ޖެހުނު ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

އެބަޖެޓުގެ ބޮޑުބައި ހޭދަކުރަން ޖެހިފައިވަނީ މަސައްކަތް ނުކޮށް ހުންނަން ޖެހުމުގެ ސަބަބުން ސައުދީ ބިންލާދިން ގުރޫޕުން ސަރުކާރާއެކު ކުރި ޕްލޭނައް ދޭންޖެހުނު ލާރިކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. ރައީސް ޞާލިހް ވިދާޅުވީ ފައިސާގެ ވާހަކަ އަކީ ރައީސް ޔާމީން އަބަދުވެސް ވަރަށް ގަޔާވާ ވާހަކައަކަށް ވާތީ އެވާހަކަ އަބަދުވެސް ދައްކަވާނެ ކަމަށެވެ.

- ކޮމެންޓް