ކ. މާލެ
|
3 ޖޫން 2025 | އަންގާރަ 11:04
އުރީދޫ ފަން ރަން
އުރީދޫ ފަން ރަން
އުރީދޫ
އުރީދޫ ފަން ރަން
އުރީދޫ ފަން ރަން 2025 - އައްޑޫ ސިޓީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އުރީދޫއިން ބުނީ ޖޫންމަހުގެ 16 ވާ ބްރާސްފަތި ދުވަހުގެ 23:59 ގެ ކުރިން މޫލީ މެދުވެރިކޮށް ފަން ރަންގައި ރަޖިސްޓްރީ ވުމަށް އެދޭކަމަށް

އުރީދޫ ފަން ރަން 2025 - އައްޑޫ ސިޓީ އަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވާކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން، 27 ޖޫން 2025 ގައި އައްޑޫ ސިޓީ މަރަދޫގައި ބޭއްވުމަށް ހަމަ ޖެހިފައިވާއިރު ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެއެވެ. އެގޮތުން، ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ ސްޓޭންޑާޑް ކިޓުގެ އަގަކީ 210 ރުފިޔާއެވެ. އަދި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ ފަން ކިޓުގެ އަގަކީ 110 ރުފިޔާ އެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫއިން ބުނީ، ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުންކަމަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ޖޫންމަހުގެ 16 ވާ ބްރާސްފަތިދުވަހުގެ 23:59 ގެ ކުރިން މޫލީ މެދުވެރިކޮށް ފަން ރަންގައި ރަޖިސްޓްރީ ވުމަށް އެދޭކަމަށެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

- ކޮމެންޓް