ކ. މާލެ
|
2 ޖޫން 2025 | ހޯމަ 18:21
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ކޮމެޓީ އަށް
ނޮން ރެސިޑެންޓް ސަފީރު ކަމުގެ މަގާމަށް ނަން ފޮނުވާފައި ވަނީ އިރުތިޝާމް، އަޒީމާ އަދި ގީލާ

ތިން ޤައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ އަށް ފޮނުވައިފި އެވެ.

ހޯމަ ދުވަހުގެ ހެނދުނު އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ، މި މައްްސަލަ ޚާރިޖީ ގުޅުން ތަކާ ބެހޭ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ތިން ޤައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވައިފަ އެވެ. އެއީ ނޭޕާލް، އަޔަލެންޑް އަދި ޔުކްރެެއިން އެވެ.

މީގެ ތެރެއިން އަޔަލެންޑުގެ ނޮން ރެސިޑެންޓް ސަފީރު ކަމުގެ މަޤާމަށް އައްޔަން ކުރުމަށް ނަން ފޮނުވާފައި ވަނީ، އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އެވެ.

ނޭޕާލްގެ ނޮން ރެސިޑެންޓް ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ފޮނުވާފައި ވަނީ އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައޝަތު އަޒީމާ އެވެ.

އަދި ޔުކްރެއިން އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ކަމުގެ މަގާމަށް ފޮނުވާފައި ވަނީ ގީލާ އަލީގެ ނަމެވެ ގީލާ އަކީ ބެލްޖިއަމްގެ އިތުރުން ޔޫއެން އަށް ވެސް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.

- ކޮމެންޓް