ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާއިރު، އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން މައުލޫމާތު ހިއްސާ ކުރަމުން ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ އެ ކުންފުނީގެ ޖަނަރޭޓަރެއް ނުވަތަ ޓްރާންސްފޯމަރަކަށް މައްސަލަ ދިމާވެގެން ނޫން ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މިހާރު މާލޭގެ އިތުރުން ހުޅުމާލެގެ ވެސް ބޮޑު ސަރަހައްދަކަށް ކަރަންޓު ދެވިފައިވާނެ ކަމަށެެވެ. އަދި އިރުއޮއްސުމުގެ ކުރިން މުޅި ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓު ދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ ކަރަންޓު ދިނުމުގެ ފަހުން، މުޅި މާލެ އިން ކަރަންޓު ދިމާ ވުމުގެ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
މާލެ އިން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 ހާއިރު އެވެ.