ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ހުވާކޮށްގެން ހުރި ބޭފުޅަކު ގާނޫނު އަސާސީގެ މުހިންމު އަސާސަކަށް ހަޖޫ ޖައްސަވައިފި ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅު މުޅި ގާނޫނު އަސާސީގެ ބާރުތައް ވަކިވެފަ މުވައްސަސާތައް މިނިވަން ވެފަ ލާމަރުކަޒުވާން އެ ބައްޓަމަށް ގާނޫނު އަސާސީ ލިޔެފަ ފޮޅުވަތް ތަކެއްގައި އޮތަސް ރައީސުލްޖުމްހޫރިއްޔާގެ 115 ވަނަ މާއްދާގައި އޮންނަނީ އޭގައި އޮތްހާ ފޮޅުވަތަކާ މާއްދާއަކާއި ބާބަކާ ދެއްޔަކާ ދަމައިގަނެވޭގޮތަށްކަމަށެވެ.
އަނެއްހެން ދަންނަވާކަމަށްވަންޔާ، އަލާއުއްދީނުގެ ގޮށްގަނޑު، ހަމަ އަތް ކާތާލާފަ ބޭނުންވަރަކަށް މަޝްރޫޢު އަތްކާތާލާފަ ބޭނުންވަރަކަށް ވަޒީފާ
މުޙައްމަދު ވަހީދު (ވައްޑޭ)![]()
ވައްޑެ ވިދާޅުވީ ވެރިންގެ ލޮލަށް ނިދިފިއެއް ނުޖައްސަވާ ދައްކަވަނީ ކައުންސިލްގެ ބަޖެޓުން ބޭކާރު ހަރަދު ކުރާ ވާހަކައާއި ކައުންސިލަރުން މަދު ކުރަންޖެހޭ ވާކަކަމަށެވެ. ވައްޑެ ފާހަގަ ކުރެއްވީ ރަށެއްގައި 5 ކައުންސިލަރުން ތިބޭ އިރު ފެނަކާގެ ވަޒީފާގައި ފަންސާހަކަށް މީހުން ތިބޭ ކަމަށެވެ.
މީގެ އިތުރުން ވައްޑޭ ވިދާޅުވީ، ކައުންސިލަކުން ބެންކޮކަށް ދިޔަވާހަކައާއި ކައުންސިލްތަކުގައި ހުންނަނީ މަންމަ އާއި ދަރިއަކާ އޭ އަނެއް ކައުންސިލަކުން ދަނީ މަހަށޭ ކިޔާއިގެން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން އިތުރުފުޅު ހައްދަވާފައިވާކަމަށެވެ.
ސަރުކާރުގެ އެކި އޮފީސްތަކުންނާއި އެކި މިނިސްޓްރީތަކުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބުރައީސް ވެސް ދުނިޔޭގެ އެކި ބައްރުތަކަށް ދަތުރު ކުރައްވާކަމަށާއި ފިނިތަނެއް އޮތިއްޔާ އެތަނަކަށް ވަޑައިގެން އުސް ތަނެއް އޮތިއްޔާ އެތަނަކަށް ވަޑައިގަންނަވާ ކަމަށެވެ. އެ ދަތުރުތަކުން ރައްޔިތުންނަށް ކުރާ އެއްވެސް ފައިދާއެއް ނެތްކަމަށް ވައްޑޭ ވިދާޅުވިއެވެ. ވައްޑެ ފާހަގަކުރެއްވީ ކައުންސިލްތަކަށް ލިބޭ 5 ޕަސެންޓުން ކުރާ ހޭދައިގެ ވާހަކަ ޖޯކަކަށް ހަދައިގެން ކައުންސިލްތަށް ބޭޒާރު ކުރަނީ މި ނިޒާމު "ފުނޑާލަން" ކަމަށެވެ.
ވައްޑޭ ވިދާޅުވީ ރައީސް މައުމޫނު ކުރީގެ ނޫގާނޫނު އަސާސީއާއި އަދި އޭގެ ކުރިންވެސް ހުރި އެތަށް ގާނޫނު އަސާސީއަކުން 30 އަހަރުން ނެންގެވި ބާރަށްވުރެ މާބޮޑު ބާރެއް މިހާރު ފެހި ގާނޫނު އަސާސީގެ ދަށުން ނަންގަވާފައިވާކަމަށެވެ.