ކ. މާލެ
|
30 މެއި 2025 | ހުކުރު 19:07
ރައީސް މުއިއްޒާއި ސައުދީގެ "ޕްރިންސް"އާ ބައްދަލުކުރެއްވުން
ރައީސް މުއިއްޒާއި ސައުދީގެ "ޕްރިންސް"އާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް މުޢިއްޒު ސައުދީ ޕްރިންސާ އާ ބައްދަލުކުރެއްވ
ސައުދީ "ޕްރިންސް"އާ ރައީސް ބައްދަލުކުރި ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ގެއްލިއްޖެ
އެ ހަބަރު ޑިލީޓު ކޮށްލިނަމަވެސް އޭގެ ކުރިން ޝައިއު ކޮށްފައިވާ ޚަބަރުތަށް މިހާރުވެސް ވެބްސައިޓުން ފެންނަށް އެބަހުއްޓެ
ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫންކަންވެސް ވަނީ ހާމަވެފަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ "ޕްރިންސް"އަކާ ބައްދަލުކުރި ކަމަށްބުނެ ރައީސް އޮފީސް ވެބްސައިޓުގައި ޝައިއުކުރި ޚަބަރު ގެއްލިއްޖެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސައުދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ ފަހަދް ސައުދު އަލްޝަލަންއާ ބައްދަލުކުރި ކަމަށްބުނެ ލިޔެފައިވާ ހަބަރެކެވެ. އެހެން ނަމަވެސް އެ އާޓިކަލް މިހާރުވަނީ ވެބްސައިޓުން ޑިލީޓު ކޮށްލާފައެވެ. ރައީސް އޮފީހުގައި ޝައިއު ކޮށްފައިވާ އެ ހަބަރު ޑިލީޓު ކޮށްލިނަމަވެސް އޭގެ ކުރިން ޝައިއު ކޮށްފައިވާ ޚަބަރުތަށް މިހާރުވެސް ވެބްސައިޓުން ފެންނަށް އެބަހުއްޓެވެ.

ރައީސް މުޢިއްޒު "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މާޗު މަހުގެ ފަސްވަނަ ދުވަހެވެ. ރައީސް އޮފީހުން ޝާއިއު ކުރި އެ ހަބަރާއެކު ވަރަށް ބޮޑަށް އާމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް ބުނެ، ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫންކަންވެސް ވަނީ ހާމަވެފައެވެ.

ސައުދީ އަރަބިއްޔާގައި އެ ލަގަބު ލިބެނީ އަބްދުލްއަޒީޒް އިބްނު ސައުދު ރަސްގެފާނުގެ ދަރި ދަރިކަލުންނާއި ދަރި ދަރިކަނބަލުން އަދި އެ ހިސާބުން ފެށިގެން ރަސްގެފާނުގެ ދަރި ދަރިކަލުންގެ އާއިލާތަކުން އަންނަ ފަރާތްތަކަށެވެ.

- ކޮމެންޓް