ކ. މާލެ
|
29 މެއި 2025 | ބުރާސްފަތި 16:52
މޯލްޑިވްސް ޕޯސްޓް އޮފީހުގެ ނަމުގައި ދަނީ ސްކޭމް މެސެޖެއް ދައުރުވަމުން
މޯލްޑިވްސް ޕޯސްޓް އޮފީހުގެ ނަމުގައި ދަނީ ސްކޭމް މެސެޖެއް ދައުރުވަމުން
ރާއްޖެ އެމްވީ
މޯލްޑިވްސް ޕޯސްޓް އޮފީސް
ޕޯސްޓްގެ ނަމުގައި މެސެޖެއް ފޮނުވައި ސްކޭމް ކުރަނީ، ސަމާލުވާން އެދިއްޖެ
މޯލްޑިވްސް ޕޯސްޓްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނީގެ ނަމުގައި ފޮނުވާ މެސެޖު ހިއްސާކޮށްފަ
ސްކޭމް މެސެޖުގައި ވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް އެހެން ނަމަވެސް ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށް
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ނަމުގައި މިފަދަ ލިންކްތައް ފޮނުވާފަ

ކަސްޓަމަރުންގެ ޕެކޭޖުތައް ޑެލިވަރީ ކުރުމަށް އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ އެވެ.

މޯލްޑިވްސް ޕޯސްޓްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނީގެ ނަމުގައި ފޮނުވާ މެސެޖު ހިއްސާކޮށްފައެވެ.

ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖުގައި ވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށެވެ. އަދި މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި ފޮނުވާ އެ މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނައިފަ އެވެ.

މީގެ އިތުރުން ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައިވެ އެވެ. އަދި އެއީ ފޭކް މެސެޖެއް ކަމަށް ވާތީ، ހުރިހާ ކަސްޓަމަރުން ވެސް އެކަމަށް ސަމާލުވާން ޕޯސްޓުން އެދެ އެވެ.

މޯލްޑިވްސް ޕޯސްޓުން ވަނީ، ޕެކޭޖެއްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓްއިން އެއްވެސް ކަސްޓަމަރަކަށް މެސެޖެއް ނުކުރާނެ ކަމަށް ބުނެފައެވެ. އަދި ޒާތީ މައުލޫމާތާއި މާލީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ލިންކްތަކަށް ނުފިތުމަށް އެ ކުންފުނިން އެދިފައިވެއެވެ.

ޕޯސްޓުގެ ނަމުގައި ސްކޭމެއް ހިންގަން ފެށި މިދަނޑިވަޅަކީ ގިނަ ބަޔަކު ބޮޑު އީދާ ދިމާކޮށް، ޓީމޫ ކަހަލަ އެކި ޕްލެޓްފޯމްތަކުން ގަނެފައިވާ ސާމާނު ރާއްޖެ އަށް ލިބުން ލަސްވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެކެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް!

އައިޓަމް ގެ ޑެލިވަރީ އެޑްރެސް ހޯދުމަށް މޯލްޑިވްސް ޕޯސްޓް އިން އެއްވެސް ކަސްޓަމަރަކަށް މެސެޖެއް ނުކުރާނެ.

ޒާތީ އަދި މާލީ މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި، މިފަދަ ލިންކްތަކަށް ނުފިތާ!

ޕޯސްޓް އޮފީސް

މިފަދަ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ނަމުގައި މިފަދަ ލިންކްތައް ފޮނުވައިފަ އެވެ.

ފަހަކަށް އައިސް އެކިބާވަތްތަކުގެ ސްކޭމްތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު، މިފަދަކަންކަމާއި މެދު ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

- ކޮމެންޓް