ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައިޓީ އޮފިސަރު ސަސްޕެންޑް ކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައިޓީ އޮފިސަރު މުޙައްމަދު ފަޒީލް ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވަނީ އެ ކޮމިޝަނުގެ ސާވާރ އަށް ދިމާވެފައިވާ މައްސަލައެއް ތަހުގީގު ކުރުމުން ޝައްކުވާ ކަންކަންތަައްތަކެއް ހުރި ކަމަށް ބުނެއެވެ. އަދި އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރި ކަމަށް ކޮމިޝަނުގެ ރައީސް ސޮއި ކޮށް ސިޓީ ފޮނުވާފައިވެ އެވެ.
ނަމަވެސް މި ކަމާއި ގުޅޭ ގޮތުން ދިވެހި ފުލުހުން ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކޮމިޝަނުގައި ކުރީ ތަހުގީގެއް ނޫން ކަމަށެވެ. އަދި ކޮމިޝަނަށް ގޮސްފައިވަނީ ސާވާ އަށް ދިމާވި މައްސަލައިގައި އެހީތެރިކަންފޯރުކޮށްދިނުމަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް, މި ކަމާއި ގުޅޭ ގޮތުން ދިވެހި ފުލުހުން ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކޮމިޝަނުގައި ކުރީ ތަހުގީގެއް ނޫން ކަމަށާއި ކޮމިޝަނަށް ގޮސްފައިވަނީ ސާވާރ އަށް ދިމާވި މައްސަލައިގައި އެހީތެރިކަންފޯރުކޮށްދިނުމަށް ކަމަށެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ރައްޔިތުންގެ މަޖްލިހަށް އައިޓީ އޮފިސަރު މުޙައްމަދު ފަޒީލް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އޭނާ އަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ އައިޓީ ހުރިހާ ކަމެއް ބަލަހައްޓަން ހަވާލުވެ ހުރި ހަމައެކަނި ފަރާތަށް ވީހިނދު، ފުލުހުން ކަމަށް ބުނެ ބަޔަކު ކޮމިޝަނުގެ އިދާރާއަށް ވަދެ ސާވާ އާއި ކުޅެ އޭގެ ޕާސްވޯޑް ހޯދުމަށް އެދުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. ސަބަބަކަށް ފާހަގަކޮށްފައިވަނީ ސާވާގައި މުވައްޒަފުންނާއި، އިދާރާގެ އަދި ބްރޯޑްކާސްޓަރުންގެ ހާމަ ވާން ނުޖެހޭ ކޮންފިޑެންޝަލް މައުލޫމާތު ރައްކާކުރެވިފައި ހުންނާނެތީއެވެ.
މީގެ އިތުރުން އެ ސިޓީގައިވަނީ، ފުލުހުންގެ ހިދުމަތުން ތަހުގީގެއް ކުރަން ނޫންކަމަށް ނޫސްތަކަށް މައުލޫމާތު ދީފައިވީނަމަވެސް، ކޮމިޝަނުގެ ރައީސް ޞަފާ ޝަފީގު ސޮއިކޮށް ދީފައިވާ ލިޔުމުގައި ސަސްޕެންޑް ކޮށްފައިވަނީ ފުލުހުން ހިންގާ ތަހުލީލަކާއި ގުޅިގެން ކަމަށް ވިދާޅުވެފައި ވާތީ، ފުލުހުން ކުރައްވާފައިވަނީ ތަހުލީލެއްތޯ ނުވަތަ ތަހުގީގެއްތޯ ސާފުކޮށްދެއްވުން އެދޭކަމަށާއި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައިވާތީ ކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވެފައި ވާތީ، ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ފުލުހުންގެ ހިދުމަތުން ލިޔުމަކުން ކޮމިޝަނާއި ހިއްސާކުރައްވާފައިވޭތޯ އަދި ހިއްސާކޮށްފައިވާ ވާނަމަ އެއީ ކޮން ކަންތައްތަކެއްތޯ ވެސް ސާފުކޮށްދެއްވުން އެދޭކަމަށް ފަޒީލް ގެ ސިޓީގައިވެ އެވެ.
އަދި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ އަދި އެކަން ފަސްކޮށް، މިއަދާ ހަމައަށް އެއްވެސް އެއްޗެއް އަންގާފައި ނުވާތީ، ފުލުހުން އަމަލު ކުރައްވާފައިވާ ގޮތް ބައްލަވައިދެއްވުން ވެސް ފަޒީލް އެދިފައިވެއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައިޓީ އޮފިސަރު މުޙައްމަދު ފަޒީލް މައުލޫމާތުދޭ ގޮތުގައި، ގަވާއިދާއި ހިލާފަށް ސަސްޕެންޑްކޮށް އޭނާގެ ހައްގުތަކަށް ކޮމިޝަނުގެ މެންބަރުން އަރައިގަނެފައިވާތީ ކަމާއި ގުޅުން ހުރި އެހެން އިދާރާތަކަށް ދަނީ މައްސަލަ ހުށަހަޅަމުންނެވެ.