ކ. މާލެ
|
26 މެއި 2025 | ހޯމަ 16:30
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް
ރާއްޖެއެމްވީ
ޔުމްނު ވެއްޓުނު ހާދިސާ
ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި
އޭޕްރިލް 18 ގައި ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލާގައި ރައުދު އަހުމަދު ޒިލާލް ގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިއަ ހޮނިހިރު ދުވަހު

އޭޕްރިލް މަހުގެ 18، ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި އުމުރުން 22 އަހަރުގެ ރައުދު އަހުމަދު ޒިލާލް ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދިން ގޮތުގައި ރައުދަށް ދައުވާ ކުރަން ފޮނުވައިފައި ވަނީ މިމަހުގެ 24 ވީ ހޮނިހިރު ދުވަހުގައެވެ. ނަމަވެސް އޭނާއަށް ދައުވާކޮށްދޭން އެދޭ މައްސަލައިގެ ތަފުސީލެއް ލިބިފައިނުވެއެވެ.

ޔުމްނުގެ މައްސަލައާއި ގުޅިގެން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ރައުދުގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައެވެ.

އެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް ބަންދުން ދޫކޮށްލިތާ މާ ގިނައިރެއްނުވެ އަނެއްކާވެސް ކޯޓު އަމުރުގެ ދަށުން ރައުދު ހައްޔަރުކުރިއެވެ. އެއަށްފަހު ހުކުރު ދުވަހު އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަަހައިފައެވެ.

ރައުދު އަކީ އޭޕްރިލް 18 ވަނަ ދުވަހުގެރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުމުގެ ކުރިން އެނާއާއެކު އެ ގޭގައި ހަރަކާތްތެރިވި މީހާ އެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ފުރަތަމަ ރައުދު ހައްޔަރު ނުކުރި ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެއިރު ޕޮޒިޓިވް ވެފައިވެ އެވެ. އެކަމަކު، އެވަރުން ވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރި އެވެ.

އެކަމަކު ފުލުހުން އަމަލު ކުރަމުންދިޔަ ގޮތަށް ފާޑުކިޔުން އަމާޒުވާން ފެށުމުން އޭޕްރިލް 24، ގައި ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

މި މައްސަލައިގައި ފުލުހުން ގޯސްތަކެއް ހަދާފައިވާކަން އެނގި ހާމަވިއިރު، މި މައްސަލައިގައި ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ، ގިނަ އަދަދެއްގެ ޒުވާނުންތަކެއް މަވީ މަގުތަކަށް ނުކުމެ މުޒާހަރާވެސް ކޮށްފައެވެ.

- ކޮމެންޓް