ކ. މާލެ
|
25 މެއި 2025 | އާދީއްތަ 10:38
އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފެށުން
އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފެށުން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވެސް އިމިގްރޭޝަން
އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން އަތޮޅުތެރޭގެ ބައެއް ރަށްރަށަށްވެސް މިހާރުވަނީ ފުޅާކޮށްފަ

މޯލްޑިވްސް އިމިގްރޭޝަނުގެ އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ނުގަވައިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލޭ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެެވެ.

އިމިގްރޭޝަނުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް އެކެއްގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ބޮޑީ ކެމެރާ ބޭނުންކޮށްފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ، އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގަނޫނުގެ ދަށުން ފިޔަވަޅު އެޅުންކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން އަތޮޅުތެރޭގެ ބައެއް ރަށްރަށަށްވެސް މިހާރުވަނީ ފުޅާކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް އުޅުނު ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މީގެ ތެރެއިން ގިނަ މީހުން ވަނީ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލާފައެވެ.

- ކޮމެންޓް