ކ. މާލެ
|
23 މެއި 2025 | ހުކުރު 21:41
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް
ރާއްޖެއެމްވީ
ހައްވާ ޔުމްނު ރަޝީދު
ރައުދުގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި
ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައި

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު=ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ދެވަނަ ފަހަރަށް ފުލުހުން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލު، 22، ގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ދުވަސްތަކެއް ވަންދެއް ބަންދުގައި ބެހެއްޓުމަށްފަހު ފުލުހުން ރައުދު ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުއެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުފާނު ކުރުމުން އިއްޔެއަށް އޮތީ ހައި ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. ފުލުހުން ވިދާޅުވީ ރައުދު ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށެވެ. އަދި އަލުން އޭނާ ހައްޔަރު ކުރީ ބުރާސްފަތި ދުވަހު ހަވީރުއެވެ.

ފުލުހުން ވިދާޅުވީ ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާކަމަށެވެ.

ރައުދު ބަންދުން ދޫކޮށްލާފައިވާކަން ހާމަވީ އޭނާ ބަންދު ކުރުމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލަ ކޯޓުގައި ތާވަލުކޮށްފައިވަނިކޮށް، އޭނާގެ ފަރާތުން މައްސަލަ އަނބުރާ ގެންދިޔުމުންނެވެ. ފުލުހުން ކުރިން ބަޔާން ކުރި ގޮތުގައި ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.

ރައުދު ފުރަތަމަ ހައްޔަރު ކުރީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ހަދާފައިވާ ބޮޑެތި ގޯސްތަކެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ 6 ދުވަސް ފަހުން، އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

- ކޮމެންޓް