ކ. މާލެ
|
23 މެއި 2025 | ހުކުރު 21:38
އެމްޑަބްލިއުއެސްސީން ހުކުރުގަޑީގައި ބިދޭސީންތަކެއް ލައްވައި މަސައްކަތް ކުރުވާކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
އެމްޑަބްލިއުއެސްސީން ހުކުރުގަޑީގައި ބިދޭސީންތަކެއް ލައްވައި މަސައްކަތް ކުރުވާކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ރާއްޖެއެމްވީ
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިއުއެސްސީ އިން ހުކުރުދުވަހު ހުކުރގަޑީގައި ބިދޭސީންތަކެއްލައްވައި މަސައްކަތް ކުރުވަނީ
ދައުރުވާ ވީޑިއޯއިން ފެންނަނީ ހުކުރު ދުވަހު ހުކުރު ގަޑީގައި ބިދޭސީ މަސައްކަތްތެރިން ތަކެއް އިމާރާތެއްގެ ފުރާޅު ހިޔާކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު

ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ބިދޭސީ މަސައްކަތްތެރިން ލައްވައި ހުކުރު ދުވަހު ހުކުރު ގަޑީގައި މަސައްކަތް ކުރުވާ މައްޒަރުދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ 10 ވަރަކަށް ސިކުންތުގެ ދިގުމިން ހުންނަ މި ވީޑިއޯއިން ފެންނަ ގޮތުގައި ހުކުރު ވަގުތު އެކްޑަބްލިއުއެސްސީ އިމާރާތެއްގެ މަސައްކަތުގައި ތިން ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވާތަން ފެނެއެވެ. އަދި މި ވީޑިއޯއިން ހުކުރުދުވަހު މިސްކިތްތަކުން ހުކުރު ޚުތުބާދޭ އަޑުވެސް އިވެއެވެ.

މި ވީޑިއޯއިން ފެންނަ އެ އިމާރާތަކީ މާފަންނު ރަސްފަންނުކައިރީގައި ހުންނަ އެމްޑަބްލިއުއެސްސީގެ އިމާރާތެކެވެ. ވީޑިއޯއިން ފެންނަގޮތުގައި ހުކުރު ގަޑީގައި އެ ތިން ބިދޭސީން މަސައްކަތް ކުރަމުން ގެންދިއައީ އިމާރާތުގެ ފުރާޅުން ބައެއް ހިޔާކުރުމުގެ މަސައްކަތެކެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯއަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، މިއީ ވަރަށް ދަށުދަރައިޖެ، އިންސާނިޔަތުގެ ކަންފުޅެއްވެސް ނެތް ސަރުކާރެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަދި މި ވީޑިއޯއަށް ކޮމެންޓްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ބިދެސީން ވިޔަސް ދިވެހިން ވިޔަސް އަދި ކޮންމެ ދީނެއްގެ ބަޔަކުވިޔަސް ހުކުރު ދުވަހު ހުކުރު ގަޑިއަކީ ރާއްޖޭގައި މަސައްކަތް ކުރުން، ނުވަތަ ކުރުވުން މަނާގަޑިއެއް ކަމަށާއި އައދި ދިވެހިންގެ އާދަކާދައާއި ސަގާފަތައް ވެސް އިހުތިރާމް ކުރަން ޖެހޭނެކަމަށެވެ. އަދި އެކަން ކުރުވި ފަރާތްތަކާއި މެދު ފިޔަވަޅުއަޅަން ޖެހޭނޭ ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ، ހުކުރުދުވަހަކީ މުޅި ހަފްތާގެ ތެރޭގައިވެސް އަންނަ އެންމެ މާތް ދުވަހެވެ. އެދުވަހަކީ އަބަދުވެސް ވަރަށް ޚާއްސަ ދުވަހެކެވެ. އެހެންވެ އެދުވަހު ހުކުރު ގަޑިއަށް ހުރިހާ މަސައްކަތެއްވެސް ހުއްޓާލައި ހުކުރަށް ތައްޔާރުވުމަކީ ދިވެހިރާއްޖޭގައި އޮންނަ ކަމެވެ.

އެހެންކަމުން ހުކުރުގަޑީގައި މަސައްކަތް ކުރުމަކީ ނުވަތަ އެހެން ބަޔަކުލައްވައި ވެސް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންނެވެ.

- ކޮމެންޓް