ކ. މާލެ
|
23 މެއި 2025 | ހުކުރު 01:50
ކޮވިޑް19: މިހާރު ރާއްޖޭގައި ވެސް މިބަލީގެ ކޭސްތައް ފެންނަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ
ކޮވިޑް19: މިހާރު ރާއްޖޭގައި ވެސް މިބަލީގެ ކޭސްތައް ފެންނަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ
ރޮއިޓާސް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ރާއްޖޭގައިވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި
ރާއްޖޭގައި ކޮވިޑު19 ކޭސްތައް މި ފަހުން އިތުރުވެފައިވާ ކަން ވަނީ ފާހަގަވެފަ
ކޮވިޑް19 ކޭސްތައް ފެންނާތީ ސަމާލުވާން ވަނީ އެދިފަ

ރާއްޖޭގައި ވެސް ކޮވިޑު19 ކޭސްތައް މި ފަހުން އިތުރުވެފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި، އެހެންވެ ސަމާލުވާން އެދޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކޮވިޑު ކޭސްތައް އިތުރުވަމުން އަންނައިރު، އެޗްޕީއޭއިން ބުނީ ރާއްޖޭގައި ވެސް ކޮވިޑު19 ކޭސްތައް އިތުރުވެފައިވާކަން ފާއިތުވި ހަފުތާތަކުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

އެއާއެކު، މި ދުވަސްވަރު އާންމުކޮށް ރިޕޯޓުކުރާ، މޫސުމީ ރޯގާތައް ކަމަށްވާ، ޑެންގޫ، ވައިރަލް ފީވާ، އިންފްލުއެންޒާ ވެސް އާންމު މިންވަރަށްވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންވެ އަމިއްލަ މީހާއާއި، އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުވާނެހެން، ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ހަމަ އެހެންމެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުގައި ކޮވިޑު19ގެ ކޭސްތައް ފެންނަ މިންވަރު މި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އެގޮތުން ތައިލޭންޑާއި އަވަށްޓެރި އިންޑިއާގައި ވެސް ކޮވިޑު ކޭސްތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން އިންޑިއާގެ ބައެއް ސަރަހައްދުތަކުން ކޮވިޑު19 ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް